ޚަބަރު
ކަސްޓަމްސްގެ އަހަރީދުވަހާ ގުޅިގެން އެޗްޕީއެސްއެންއަށް އެހީތެރިކަން ފޯރުކޮށްދެނީ

މޯލްޑިވްސް ކަސްޓަމްސް ސަރވިސް މިއަހަރުގެ އަހަރީ ދުވަހާއި ގުޅިގެން އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު((އެޗްޕީއެސްއެން)އަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ކަސްޓަމްސްގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޡިމް އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި ކަސްޓަމްސްގެ މި ނިންމުމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކަސްޓަމްސްގެ ސީއެސްއާރުގެ ދަށުން ކުރައްވަމުންގެންދަވާ މިފަދަ މަސައްކަތްތައް ފާހަގަކޮށް، އެހެނިހެން މުއައްސަސާތަކަށް ނަމޫނާ އެއްކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީއެއް ފޯރުކޮށްދެއްވާއިރު، ދިގުމުއްދަތަކަށް ފައިދާވާނެ ފަދަ ގޮތަކަށް ކުރާނެ މަސައްކަތެއް ނުވަތަ އެހީތެރިކަމެއް ދެ އިދާރާ ގުޅިގެން ނިންމަވާ އެކަމެއް ކުރިއަށް ގެންދިއުމަށް ވެސް މިނިސްޓަރ ވަނީ އިރުޝާދު ދެއްވާފައެވެ.

” ކެޕިޓާލް އިންވެސްޓްމަންޓަކަށް ވިސްނެވިއްޔާ ވަރަށް ރަނގަޅު ވާނެ. މިސާލަކަށް ނެޕީފަދަ ތަކެތި ހަދިޔާކޮށްލުމަށްވުރެ ދާއިމީ އެހީއެއްގޮތަށް މަރާމާތު ކުރުން ފަދަ ކަމެއް.” މިނިސްޓަރ ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!