ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރ ފާތުމަތު ނަހުލާގެ އާ ފިލްމު “ސޮރީ” މިރޭ އޮލިމްޕަހުގައި ޕްރިމިއާކުރުމަށް ތައްޔާރުވެއްޖެ އެވެ.
މިއީ މި އަހަރު ސިނަމާ އަށް ނެރޭ ދެވަނަ ފިލްމު ކަމަށްވީއިރު، ފިލްމަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.
ނަހުލާގެ “ސޮރީ” މިރޭ އޮލިމްޕަހުގައި ޕްރީމިއާކުރާ އިރު، ފިލްމުގެ 15 އަށް ވުރެ ގިނަ ޝޯ ފުލް ވެފައިވާއިރު، އަމާޒަކީ ދިވެހި ފިލްމު “ޔޫސުފް” ގެ ރިކޯޑް މުގުރާލުން ކަމަށް ނަހުލާ ވަނީ ބުނެފައެވެ. އަދި މިހާރު އެ ޓާގެޓަށް ގާތްގަނޑަކަށް ވާސިލްވެވިފައިވާކަމަށްވެސް ނަހޫ ވަނޫ ބުނެފައެވެ.
ނަހުލާގެ އަމިއްލަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ މި އަސަރު ގަދަ ލޯބީގެ ފިލްމުގެ ކާސްޓުންގެ ތެރޭގައި ރާއްޖެ ނަން މަޝްހޫރު ފަންނާނުން ހިމެނެއެވެ. އޭގެ ތެރޭގައި، ޔޫއްޕެ، އައްޒަ، އަހުމަދު އީސަ (އާނަންދު)، ޝީލާ ނަޖީބް އަދި ވާޝިޔާ ހިިމެނެެއެވެ.
ފިލްމުގެ ވަރަށް މުހިންމު ރޯލުތަކަކުން ނަހުލާގެ ހަގު ދަރިފުޅު ލާލި އާއި އޭނަގެ މާމަދަރިއެއް ކަމަށްވާ އެވްލީވެސް ފެނިގެންދާއިރު، “ސޮރީ” ގެ އިތުރު ކާސްޓުންގެ ގޮތުގައި ހުސައިން ސޮބާހް، އަލީ ޝަމީލް، އައިމިނަތު ރަޝީދާ (އައިންތު) އަދި ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް ނިޝާ ވެސް ފެނިގެންދާނެއެވެ.
“ޔޫސުފް” އަދި “ކަލާޔާނުލާ” ފަދަ ފިލްމުތައް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރ ނަހުލާގެ ފިލްމެއް ސިނަމާތަކަށް މި ގެނެސްދެނީ އަށް އަހަރު ފަހުންނެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2017 ވަނަ އަހަރު ނެރުނު “ބޮސް” އެވެ.

