ޚަބަރު
ޔުމްނު ވެއްޓުނީ ސިޑިގޮޅީގެ ކުޑަދޮރުން، ވައްޓާލީ ކަމަކަށް ނުބެލެވޭ، ރައުދުގެ އިހުމާލު އެބައޮތް: ރިޕޯޓް

ހައްވާ ޔުމްނު ރަޝީދު ވެއްޓިފައިވަނީ ސިޑިގޮޅީގެ ކުޑަދޮރުން ކަމަށާއި، އެކަމުގައި އެހެން މީހެއްގެ ސީދާ ބައިވެރިވުމެއް އޮތްކަމަށް ނުބެލެވޭ ކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފިއެވެ.

މިދިޔަ އޭޕްރީލް 18 ގައި ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުން ކުރި ތަހުގީގަށް އާންމުންގެ ފާޑުކިޔުން އަމާޒުވެ، ފުލުހުންގެ ބަހަށް އިތުބާރު ނުކުރާ ކަމަށް ބުނެ ގިނަ އަދަދެއްގެ ޒުވާނުން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ތަހުގީގެއް ހިންގުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ.

ކޮމިޝަނުގެ ދެ މަސް ދުވަހުގެ ތަހުގީގު ނިންމައި، މިއަދު އެ ރިޕޯޓު ރައީސް މުއިއްޒަށް އަރުވާފައިވެއެވެ. ރިޕޯޓު ލިބުމާއެކު ރައީސް ވަނީ އެއްވެސް އުނިއިތުރެއް ނުގެނެސް އާންމު ކުރުމަށް ކޮމިޝަނަށް އަންގަވާފައެވެ.

ޔުމްނު ވެއްޓުނީ، ވައްޓާލީ ކަމަކަށް ނުބެލެވޭ، ހުރީ މަސްތުގެ ހާލަތުގައި

ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ހާދިސާ ހިނގި ތަނުގެ ސީސީޓީވީ ފުޓޭޖުން ޔުމްނު އާއި ރައުދު އަހުމަދު ޒިލާލްގެ ހަރަކާތްތައް ފެންނަން ނެތެވެ. އަދި އެތަނުގައި އެ ދެމީހުން ފިޔަވާ އިތުރު މީހަކު ފެންނަން ނެތުމުންނާއި އަދި އެރޭ ކަން ހިނގި ގޮތް ހަނދާން ނެތް ކަމަށް ރައުދު ބުނެފައިވާއިރު، ޔުމްނުގެ ބަހެއް ކޮމިޝަނަށް ލިބިފައެއް ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ޔުމްނުގެ ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު، ހ. މިޓާޒް ފުރާޅުމަތީގައި ޖެހުމުގެ ސަބަބުން ލިބުނު އަނިޔާތައް ފިޔަވައި އިތުރު އަނިޔާއެއް ލިބިފައިނުވާކަން މެޑިކަލް ރިކޯޑްތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެހެން ކަމުން މިހުރިހާ ގޮތަކަށް ރިއާޔަތްކޮށް، ޔުމްނު ވެއްޓިފައިވަނީ ސިޑިގޮޅީގެ ކުޑަދޮރުން ކަމަށް ބެލެވޭ ކަމަށާއި އެކަމުގައި އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައި ބުނީ ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅޭ ކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ. އެހެންވެ ޔުމްނު އަމިއްލަ އިހްތިޔާރުގައި ފުންމާލީ ކަމަށް ބެލެވެން ނެތް ކަމަށެވެ. ނަމަވެސް، ސިޑިގޮޅިން ޔުމްނު ފުންމާލީ އޭނާގެ އަމިއްލަ އިހްތިޔާރު ކަމަށް ކަނޑައެޅެން ނެތް ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު އެ ކޮމިޝަނަށް ބުރަވެވެނީ ޔުމްނު ސިޑިގޮޅީގެ ކުޑަދޮރުން ވެއްޓުނީ ކަމަށް ކަން ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އަދި، ޔުމްނު ވައްޓާލީ ކަމަށް އަދި ފުންމާލީ ކަމަށް ބެލެވެން ނެތް ކަމަށާއި ވެއްޓުނީ ކަމަށް ބުރަވެވެނީ އެރޭ ޔުމްނުގެ އަމަލުތައް ހުރި ގޮތުންނާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށްވުމުން ކަމަށް ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރައުދު އަހުމަދު ގަސްތުގައި ހައްވާ ޔުމްނު ވައްޓާލީ ކަމަށްވެސް ނުބެލެވެއެވެ.

ރައުދުގެ އިހުމާލު އެބަ އޮތް

ރިޕޯޓުގައި ބުނެފައިވާ ގޮތުން، ރައުދު އަހުމަދު ގަސްތުގައި ޔުމްނު ވައްޓާލިކަމަށް ނުބެލެވުނު ނަމަވެސް، މި ހާދިސާގައި ރައުދުގެ އިހުމާލު އޮތްކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ. މިކަމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ދައުވާ ރައުދުގެ މައްޗަށް އުފުލާފައެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ފުލުހުންގެ ތަހުލީލު ރިޕޯޓުތަކުން އެނގޭ ގޮތުން އެރޭ ރައުދާއި ޔުމްނު ތިބީ މަސްތުގެ ހާލަތުގައެވެ. މި ހާލަތަށް އައީ އެ ދެމީހުންގެ އިހްތިޔާރުގައި ކަމަށް ވާތީ، އޭގެ ސަބަބުން ދިމާވި ކަންކަމުގެ ޒިންމާ އެ ދެމީހުން އުފުލަންޖެހޭނެ ކަމަށް ކޮމިޝަނުން ނިންމާފައިވެއެވެ.

ރައުދަށް ކުރާ ދައުވާ؛

މި މައްސަލައިގައި ރައުދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ އުފުލާފަ އެވެ.

ރައުދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު އުމުރުން 22 އަހަރުގެ ރައުދު، މިހާރު ވަނީ ދޫކޮށްލާފަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!