ޚަބަރު
ވަރޫން ތޭޖާއި ލަވަންޔާ ރާއްޖޭގައި، އެދެމަފިރިންގެ ‘ބޭބީމޫން’ ފާހަގަ ކުރަނީ!

އިންޑިއާގެ މަޝްހޫރު ތެލެގޫ އެކްޓަރު ވަރޫން ތޭޖް އޭނާގެ އަނބިމީހާ ލަވަންޔާ ޓްރިޕަތީއާއެކު މިވަގުތު ރާއްޖެއަށް ޗުއްޓީހޭދަކޮށްލަން އައިސް އުޅޭކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި ދަތުރަކީ އެ ދެ މީހުންގެ ފުރަތަމަ ދަރިފުޅު ލިބުމުގެ ކުރިން ހޭދަކުރާ “ބޭބީމޫން” ދަތުރެވެ.

35 އަހަރުގެ ވަރޫންއާއި ލަވަންޔާ ކައިވެނިކުރީ 2023 ވަނަ އަހަރުއެވެ. އަދި އެ ދެ މީހުންނަށް ދަރިއަކު ލިބެން އުޅޭ ކަން އިއުލާންކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. މި ދަތުރުގެ ބައެއް މަންޒަރުތައް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވީ ނަމަވެސް، އެ މީހުން ތިބި ރިސޯޓެއް އަދި ސާފެއް ނުވެއެވެ.

ވަރޫންއަކީ އިންޑިއާގެ ނުފޫޒު ގަދަ ފިލްމީ އާއިލާއަކަށް ނިސްބަތްވާ އެކްޓަރެކެވެ. އޭނާ ނިސްބަތްވަނީ “އާރްއާރްއާރް” ފަދަ ފިލްމުތައް ކުޅެފައިވާ މަޝްހޫރު އެކްޓަރު ރާމް ޗަރަންއާއި “ޕުޝްޕާ” ގެ ބަތަލު އައްލޫ އަރުޖުންގެ އާއިލާއަށެވެ. ލީޑް އެކްޓަރެއްގެ ގޮތުގައި ވަރޫން ފިލްމީ ދުނިޔެއަށް ތައާރަފުވީ 2017 ވަނަ އަހަރު “މިސްޓަ” އިންނެވެ.

ވަރޫންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޕީރިއަޑް އެކްޝަން ތްރިލަރ “މަޓްކާ” އެވެ. އަދި މިދިޔަ އަހަރު އޭނާގެ އިތުރު ފިލްމެއްވެސް ރިލީޒްކޮށްފައިވެއެވެ. އެއީ 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރާއާއެކު ކުޅުނު އެކްޝަން ޑްރާމާ “އޮޕަރޭޝަން ވެލަންޓައިން” އެވެ.

އިންޑިއާގެ ފިލްމީ ތަރިން މިހާރު ވަރަށް ގިނައިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، އިންޑިއާއަކީ މިހާރު ހަވަނައަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީވެސް އިންޑިއާގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!