ބޮލީވުޑްގެ ކިންގް ޝާހް ރުކް ޚާންގެ އާ ފިލްމު “ކިންގް” ގެ ކާސްޓާއި ޖެއިދީޕް އަހްލަވަޓް ގުޅިއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ލަލަންޓޮޕަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޖެއިދީޕް މިކަން ޔަގީންކޮށްދީފައިވާއިރު، މި ރޯލު އޭނާއަށް ދިނުމަށް ޝާހުރުކް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވިސްނަމުން ދިޔަ ކަމަށާއި، އެހެންނަމަވެސް ދާދި ފަހުން ނެރުނު “ޖުވެލް ތީފް” ގެ ކާމިޔާބަށްފަހު އޭނާ އަށް ކުޑަ ރޯލެއް ދޭން ސިދާތު އާނަންދު ކުޑަކޮށް ފަސްޖެހުނު ކަމަށް ޖެއިދީޕް ވަނީ ބުނެފައެވެ. އަދި ފަހުން ޝާހުރުކް ވާހަކަ ދެއްކުމަށްފަހު އޭނާއަށް “ކިންގް” އިން ރޯލު ދިނީ ކަމަށްވެސް ޖެއިދީޕް ވަނީ ބުނެފައެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ދީޕިކާ ޕަދުކޯން، ރާނީ މުކަރުޖީ، އަބީޝެކް ބައްޗަން، އަނިލް ކަޕޫރު، އަރުޝަދު ވާރުސީ، ޖެކީ ޝްރޮފް، ޖައިދީޕް އަހުލަވާތު އަދި އަބޭ ވަރުމާ ހިމެނޭއިރު، “ކިންގް” އިން ޝާހްރުކްގެ ދަރިފުޅު ސުހާނާ ބޮލީވުޑަށް ނުކުންނާނެއެވެ.

