މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އާމިރު ޚާންގެ އާ ފިލްމު “ސިތާރޭ ޒަމީން ޕަރް” ގެ ޖަޒުބާތުގައި ގިނަ ބަޔަކު ޖެހި، ބޮކްސް އޮފީހުގައި ފިލްމަށް ލިބޭ އާމްދަނީ އިތުރުވާން ފަށައިފި އެވެ.
“ސިތާރޭ ޒަމީން ޕަރް” އަށް ލިބެމުން އަންނަ ތަރުހީބް ބޮޑުވުމާއި ގުޅިގެން އިންޑިއާގެ އެކި ހިސާބުތަކުގައި ވަރަށް ގިނަ ސިނަމާތަކުގެ ޝޯތައް ވެސް އިތުރުކޮށްފައިވާއިރު، “ސިތާރޭ ޒަމީން ޕަރް” އަކީ ސްޕެއިންގެ 2018 ގެ ފިލްމު ކެމްޕިއޯނެސް (ޗެމްޕިއަންސް) އަސްލަކަށް ބަލައިގެން އާރްއެސް ޕްރަސައްނާ ޑައިރެކްޓްކުރި ފިލްމެއް ކަން ފާހަގަކޮށްލެވެއެެވެ.
މީގައި ދައްކުވައި ދެނީ މަސްތުވެގެން އިނދެ ދުއްވި ކާރެއް ފުލުހުންގެ ވެހިކަލާ އެކްސިޑެންޓްވުމުން ކޮމިއުނިޓީ ސާވިސްއެއްގެ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުން އެކުލެވޭ ބާސްކެޓް ޓީމަކަށް ކޯޗްކޮށްދޭން ކޯޓުން ކުރާ އަމުރަކާ ގުޅިގެން ދެން ހިނގައިދާ
ކަންތައްތަކެވެ. މި ޓީމުގައި ޑައުންސިންޑްރޮމާއި އޯޓިޒަމް ހުންނަ ކުދިން އުޅޭ އިރު، މި ޓީމު ގޮވައިގެން އޭނަ މުބާރާތްތަކަށް ނުކުންނަން ކުރިމަތިލާން ގޮންޖެހުންތަކާއި އެކަން ކާމިޔާބުކުރާ ގޮތްތަށް ވަރަށް އަސަރުން ފުރިގެންވާ ގޮތަށް “ސިތާރޭ ޒަމީން ޕަރް” އިން ފެނިގެންދެއެެވެ.
90 ކްރޯޑް ރުޕީސް (10.4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީ 54.70 ކްރޯޑް ރުޕީސް (6.3 މިލިއަން ޑޮލަރު) އަށް އަރާއިރު، މިއީ މި އަހަރު ބޮލީވުޑްގެ އެންމެ ބޮޑު އެެއް ހިޓަށްވުމުގެ ފުރުސަތު ބޮޑެވެ.

