ޚަބަރު
އާރް.ޓީ.އެލް ހިދުމަތުގެ އެއްވެސް ރޫޓެއް ހުއްޓާލާފައި ނުވާނެ: މިނިސްޓަރު އަމީން

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ހިންގަމުންދާ އެއްވެސް ރޫޓެއް ހުއްޓާލާފައި ނުވާނެ ކަމަށާއި، އަދި އެއްވެސް އަތޮޅެއްގެ ހިދުމަތަކަށް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު އައި އިރު އާރް.ޓީ.އެލް.ގެ ރޯލްއައުޓް ޕްލޭން އޮތީ 2027 ގައި ނިމޭގޮތަށް ރިވައިޒް ކުރައްވާފައި ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2025 ގައި މި މަސައްކަތް ނިންމުމަށް އަވަސް ކުރުމަށް ނިންމަވާފައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމުގެ ދަށުން، މިދިޔަ އަހުރުގެ ތެރޭގައި ނ. އަތޮޅުގައި ވަނީ އާރް.ޓީ.އެލް. ހިދުމަތް ފަށާފައެވެ. އަދި ރައީސުލްޖުމުހޫރިއްޔާ އިޢުލާން ކުރައްވާފައިވާ ގޮތަށް، މި ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި މި ހިދުމަތް ފެށޭނެ ކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ވެސް މި ހިދުމަތް ފެށޭނެ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ. މީގެ އިތުރުން، އެހެން އަތޮޅުތަކުގައި ވެސް މި ޚިދުމަތް ފެށުމަށް ބޭނުންވާ ލޯންޗްތައް ބަނުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ޚިދުމަތް ދެމުންދާ އެއްވެސް އަތޮޅެއްގައި ބެކަޕްގެ ގޮތުގައި އެއްވެސް އުޅަނދެއް ޤާއިމުކުރެވިފައި ނެތް ކަމަށެވެ. އެގޮތުން، ލޯންޗްތަކުގެ މެއިންޓެނަންސަށް ވެސް ޚިދުމަތުން ބައެއް ދުވަސްދުވަހު ނަގަން ޖެހޭ ކަމަށާއި، އެހެންކަމުން ބެކަޕް އުޅަނދުތައް ހުރުމުގެ މުހިންމުކަން އެބަ އޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވަނީ ރ. އަދި ބ. އަތޮޅުގައި އާރް.ޓީ.އެލް. ހިދުމަތް ފެށުމުގެ ސަބަބުން، މިހާރު އޮޕަރޭޓް ކުރަމުންދާ އެއްވެސް އަތޮޅެއްގެ ރޫޓަކަށް ނުވަތަ ޚިދުމަތަކަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. މިކަމުން ދައްކުވައިދެނީ، އާރް.ޓީ.އެލް ގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ދެއްވާ އިސްކަންކަމާއި، ޚިދުމަތް ދެމެހެއްޓުމަށް އަހަންމިއްޔަތުކަން ދެއްވާ މިންވަރެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!