ހިޖުރީ އައު އަހަރާއި ގުޅިގެން މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމުން މޯލްޑިވްސް އިމިގްރޭޝަންގެ ޕާސްޕޯޓުގެ ހިދުމަތްތައް މިއަދު ދޭނީ މާލެ ސަރަހައްދުގައި ހިމެނޭ އޮފީސްތަކުން އެކަނި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އިމިގްރޭޝަނުން މި ކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އިމުގާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށާއި، އިމިގްރޭޝަނަށް ހާޒިރުވެ، ޕާސްޕޯޓަށް އެދި އޮންލައިންކޮށް ހުށަހެޅޭނީ ހަމައެކަނި އެމަޖެންސީ ހާލަތްތަކުގައާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން އެއީ، ހެނދުނު 09:00 އިން މެންދުރު 02:00 އަށް ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަސްގެ ހިދުމަތް މިއަދު ފިޔަވާ އެހެނިހެން ދުވަސްތަކުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ލިބޭނެ ކަމަށާއި، އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަސްގެ ހިދުމަތް މިއަދު ފިޔަވާ އެހެނިހެން ދުވަސްތަކުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ލިބޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.