ޚަބަރު
ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމުގެ ކުރިން ‘އޮރާޓު’ ގެ މަރުހަލާތައް ފުރިހަމަ ކުރަން ޖެހޭ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން އެއާޕޯޓުގެ ފެސިލިޓީތައް އޮޕަރޭޓްކުރުމަށް ކަނޑައަޅާފައިވާ ވެލިޑޭޝަން ބްރިޖް ”އޮރާޓު“ގެ ހަ މަރުހަލާ ފުރިހަމަ ކުރަންޖެހޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފިއެވެ.

މި މަސައްކަތް ކުރިއަށް ދަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް ދިޔުމާއި ގުޅިގެންނެވެ.

އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، އާ ޓާމިނަލް ހުޅުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (ICAO) އަދި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (IATA) ގެ މިންގަނޑުތަކަށް އެމްއޭސީއެލްއިން އަމަލުކުރަން ޖެހޭ ކަމަށް އެ ބަޔާނުގައިވެއެވެ.

މި ތިން ފަރާތުގެ މިންގަނޑުތަކަށް އެއާޕޯޓުގެ ފެސިލިޓީތައް އޮޕަރޭޓްކުރުމުގެ ކުރިން ތަންފީޒު ކުރުމަށް ޓަކައި އެކަށައަޅާފައިވާ ވެލިޑޭޝަން ބްރިޖަކީ ”އޮރާޓް“ އެވެ.

އޮރާޓުގެ މުހިންމުކަން:
އޮރާޓަކީ އެއާޕޯޓެއް ނުވަތަ އާ ޓާމިނަލެއް ހުޅުވުމުގެ ކުރިން އެތަނުގެ ހިދުމަތްތަކާއި ޕްރޮސީޖަރުތައް ތައްޔާރުކޮށް، އިކުއިޕްމަންޓާއި މެޝިނަރީސް ޓެސްޓުކޮށް، އިންސާނީ ވަސީލަތްތައް ތަމްރީނުކުރުމަށް ކަނޑައެޅިފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ސިވިލް އޭވިއޭޝަން އޮތޯރިޓީ، ICAO އަދި IATA ގެ މިންގަނޑުތަކަށް ފެތޭގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަންޖެހެއެވެ.

އޮރާޓުގެ ފައިދާތައް:
އެމްއޭސީއެލްއިން ފާހަގަކުރާ ގޮތުގައި އޮރާޓުގެ ސަބަބުން އާ ޓާމިނަލް ހުޅުވުމުގެ ކުރިން ދިމާވެދާނެ އޮޅުންބޮޅުންތަކާއި ހާލަތު ގޯސްވުންތަކުން ފަސިންޖަރުންނާއި މުވައްޒަފުން ސަލާމަތްކުރެވޭނެއެވެ. އަދި ރައްކާތެރިކަމާއެކު ހިދުމަތުގެ ފެންވަރު ކަށަވަރުކޮށް، ފަސިންޖަރުންނާއި ސްޓޭކްހޯލްޑަރުންގެ ހިތްހަމަޖެހުން ލިބިގެންދާނެއެވެ.

އޮރާޓުގެ މަރުހަލާތައް:
އޮރާޓުގެ މަސައްކަތްތައް ހަ މަރުހަލާއަކަށް ބަހާލެވިފައިވެއެވެ.

  1. ފުރަތަމަ މަރުހަލާ: މި މަރުހަލާގައި އޮޕަރޭޝަނަށް ކަންކަން ރާވާލުމާއި ތައްޔާރުވުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، އެއާލައިންސް އަދި އެހެނިހެން މަސައްކަތްތެރިންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅުން ހިމެނެއެވެ.
  2. ދެވަނަ މަރުހަލާ: ދެހާހެއްހާ މީހުން ބައިވެރިކޮށްގެން ޓާމިނަލްގެ އޮޕަރޭޝަނަލް މޮކަޕެއް ހެދި، ފްލައިޓުތަކާއި ފަސިންޖަރުންނާ ގުޅޭ އެކި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ތަމްސީލުކުރެވޭނެއެވެ. މި މަރުހަލާގައި މުވައްޒަފުން ޚިދުމަތް ދިނުމުގައި ދިމާވާ އުނދަގޫތައް ދެނެގަނެ އިސްލާހުކުރެވޭނެއެވެ.
  3. ތިންވަނަ މަރުހަލާ: މުވައްޒަފުންނަށް ސިސްޓަމްތަކާއި އިކުއިޕްމަންޓު ބޭނުންކުރާނެ ގޮތްތަކުގެ ތަމްރީނު ދެވި، އަލިފާނުގެ ހާދިސާތައް ފަދަ ނުރައްކާތެރި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކުގެ ޑްރިލްތައް ކުރިއަށް ގެންދެވޭނެއެވެ.
  4. އެންމެ ފަހު މަރުހަލާ (ފަހަރަކު އެއް އެއާލައިން): ރޭވުންތެރިކަމާއެކު ފަހަރަކު އެއް އެއާލައިންގެ އިންޓަނޭޝަނަލް އޮޕަރޭޝަން އައު ޓާމިނަލަށް ބަދަލުކުރެވި، މިގޮތަށް ކުރިއަށް ގެންގޮސް ހުރިހާ ބައިނަލްއަގުވާމީ އެއާލައިންތަކުގެ އޮޕަރޭޝަން އައު ޓާމިނަލަށް ބަދަލުކުރެވޭނެއެވެ.

މި ހުރިހާ މަސައްކަތެއް ނިމުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރައްކާތެރިކަމާއި، މަތީ ފެންވަރެއްގައި ހިދުމަތް ދިނުމަށް ތައްޔާރުވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!