ޚަބަރު
ކާފިރުވެ ފަސާދަކުރަން އުޅޭ މީހުންނަށް ގަދަފަދަ ޢަޛާބު ދެއްވާނެ، އީމާންތެރިންނަށް ދުނިޔޭގައިވެސް ޢިއްޒަތާއި ޝަރަފު ދެއްވާނެ: ޚުޠުބާ

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވައިލައްވާފައިވަނީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަސް ނުވަތަ ޢާޝޫރާ ދުވަހުގެ މާތްކަމާއި އޭގެ ފިލާވަޅުތަކުގެ މައްޗަށެވެ. ހުތުބާ ފެށިގެން ގޮސްފައިވަނީ މާތްﷲ އަށް ޙަމްދު ޘަނާ ދެންނެވުމަށްފަހު، މުސްލިމުންނަށް ތަޤްވާވެރިވުމަށް ވަޞިއްޔަތް ކުރެއްވުމާއެކުގައެވެ.

ޢާޝޫރާ ދުވަހުގެ މާތްކަން މައުޟޫއަށް ދެވުނު ޚުޠުބާގައި ބުނީ މިއީ ހެޔޮކަމާއި ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ. މިއީ މޫސާގެފާނާއި ބަނީ އިސްރާއީލުގެ މީހުން ފިރުޢައުނުގެ އަނިޔާވެރިކަމުން ސަލާމަތްވި ދުވަހެވެ. މާތްﷲ މޫސާގެފާނަށް ކަނޑު ފަޅުއްވައިދެއްވައި، އެކަލޭގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ސަލާމަތްކުރެއްވިއެވެ.

ހުތުބާގައި ބުންޏެވެ؛ ބަނީ އިސްރާއީލު ބަނީގައި މީހުން، ސިއްރިއްޔާތުގައި މިޞްރުން ނުކުތުމުން، ފިރުޢައުން އޭނާގެ ލަޝްކަރީން އެއްކޮށް، مُوسَى ގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅީން ނައްތައިލުމަށް ޓަކައި ނުކުތެވެ. مُوسَى ގެފާނުގެ ޤައުމުގެ މީހުންނަށް ފިރުޢައުނުގެ ބިޔަ ލަޝްކަރު ފެނުމުން، އެބައިމީހުން مُوسَى ގެފާނަށް ދެންނެވިއެވެ. މާނައީ: “ހަމަކަށަވަރުން، އެއުރެން ތިމަންމެން އަތުލައިގަންނާނެތެވެ.” އެހިނދު ވަރަށް އިތުބާރާއި ޔަޤީންކަމާ އެކު، މޫސާގެފާނު ވިދާޅުވިއެވެ. “ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން ތިމަންގެ ވެރި ރަސްކަލާނގެ ތިމަންނާއާ އެކު (މަގުދެއްކެވުމުގައި) ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ.”

ހުތުބާ ގައި ބުންޏެވެ: މި މުހިންމު ދުވަހުގެ އެންމެ ބޮޑު ފިލާވަޅަކީ މާތްﷲ އަށް ކުރާ އިތުބާރާއި ޔަޤީންކަމުގެ މުހިންމުކަމެވެ. މޫސާގެފާނު ދެއްކެވި ޔަޤީންކަމާއި އިތުބާރު، އެކަލޭގެފާނުގެ ޤައުމުގެ މީހުން ބިރުވެރިކަމުގައި ތިއްބާ ވެސް ދެމެހެއްޓެވިއެވެ. އަދި މާތްﷲ އެކަލޭގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ސަލާމަތްކުރައްވައި، ފިރުޢައުނާއި އޭނާގެ ލަޝްކަރު ހަލާކު ކުރެއްވިއެވެ.ފިރުޢައުނުގެ ޙާދިސާއިން ލިބިގަންނަންޖެހޭ އެންމެ މުހިންމު ފިލާވަޅަކީ، މާތްﷲ އެކަލާނގެ ނަބިއްޔުންނާއި މުއުމިނުން މުސީބާތްތަކުން ސަލާމަތްކުރައްވާނެކަމެވެ. އަދި މުސީބާތްތަކުން ސަލާމަތްވެވޭނީ އީމާންކަމާއި އިސްލާމްކަމުން ކަމާއި، މާތްﷲ އަށް އިތުބާރުކޮށް އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެގެންކަމެވެ.

ފިރުޢައުނުގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިމީހުންނާ ވަރަށް ކައިރިވުމުން މާތްﷲ މޫސާގެފާނަށް، އެކަލޭގެފާނުގެ އަސާކޮޅުން، ކަނޑުގައި ޖެއްސެވުމަށް ވަޙީކުރެއްވިއެވެ. އެ ހިނދު އެކަލޭގެފާނުގެ އަސާކޮޅުން، ކަނޑުގައި ޖެއްސެވުމުން ކަނޑުގެ މެދުން މަގުތަކެއް އުފެދުނެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. “ދެން އެ ކަނޑު އިރައިގެން ހިނގައްޖެއެވެ. އެއިން ކޮންމެ ބައެއް ބޮޑު ފަރުބަދައެއް ފަދައިން ވިއެވެ.” މާތް ﷲ ކަނޑު ހިއްކަވައިދެއްވުމުން ބަނީއިސްރާއީލު ބާގައިގެ ބާރަ ޤަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ޚާއްޞަކުރެވިގެންވާ މަގުން ކަނޑު ހުރަސްކޮށް ދިޔައެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައި މީހުންގެ ފަހަތުން ދިޔައެވެ. ނަމަވެސް އެ މަގުތަކަށް ފިރުޢައުނުގެ ލަޝްކަރު ވަދެ ނިމުމުން އެ ކަނޑު ކުރީން އޮތް ގޮތަށް މާތް ﷲ ބަދަލުކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. “ތިމަންރަސްކަލާނގެ އަނެއްބައިމީހުން (އެބަހީ: ފިރުޢައުނު އާއި އޭނާގެ ޤައުމުގެ މީހުން) އެ ތަނަށް ކައިރިކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ މޫސާގެފާނާއި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ އެންމެން (غَرَقُسْ) ސަލާމަތްކުރެއްވީމެވެ. ތިމަންރަސްކަލާނގެ އެހެން މީހުން، އެބައީ (كافُِس غَرَقُ) ކުރެއްވީމެވެ.”

ހުތުބާގައި އިތުރަށް ބަޔާންކުރެއްވުނު ގޮތުގައި، ފިރުޢައުނުގެ ޝަރަފުކުރެއްވި ޙާދިސާއިން އެނގެނީ މާތް ﷲއަށް ކާފިރުވެ ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނެކަމެވެ. އެ މީހުންނަށް، އެ ކަމުގައި ކާމިޔާބެއް ނުލިބޭނޭކަމެވެ. އަދި އަހަރެމެން، ފަސާދައާ ދެކޮޅަށް ތެދުވާން ޖެހޭނޭކަމެވެ. ހަމައެހެންމެ، މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް، ޢިއްޒަތާއި ޝަރަފާއި ޤަދަރު ދެއްވާނޭކަމެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “އަދި ތިމަން ރަސްކަލާނގެ އިރާދަކުރައްވަނީ ބިމުގައި ދެރަވެ ނިކަމެތިވީ މީހުންނަށް ނިޢުމަތް ދެއްވުމަށެވެ. އަދި އެއުރެންނީ (އެހެންމީހުންނަށް) މަގުދައްކާ އިމާމުންކަމުގައި އެއުރެން ލެއްވުމަށެވެ. އަދި (ފިރުޢައުނުގެ) ވާރުތަވަނިވި މީހުންކަމުގައި އެއުރެން ލެއްވުމަށެވެ. އަދި ބިމުގައި، ތިމަންރަސްކަލާނގެ އެއުރެންނަށް ވެރިކަންދެއްވުމަށެވެ. އަދި ފިރުޢައުނުއާއި، ހާމާނުއާއި، އެ ދެ މީހުންގެ ލަޝްކަރަށް އެއުރެން ބިރުގަންނަ ކަންތައްތައް، އެ ނިކަމެތި މީހުންގެ ފަރާތުން ދެއްކެވުމަށް ޓަކައެވެ.”

ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަމާ ބެހޭގޮތުން، އެއީ މޫސާގެފާނު ސަލާމަތްކުރެއްވި ދުވަސްކަމާއި، އެ ދުވަހު ރޯދަހިފުމުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ފުއްސެވޭނެކަން ބަޔާންކުރެވުނެވެ. ޢާޝޫރާ ދުވަހު ރޯދަހިފުމުގެ އެންމެ މާތް ގޮތަކީ ޢާޝޫރާ ދުވަހާއެކު އެއްދުވަސް ކުރިންނާއި ފަހުން ރޯދަހިފުމެވެ. ދެވަނައަށް މާތް ގޮތަކީ ނުވަވަނަ އަދި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. އެންމެ ދަށް ދަރަޖައަކީ ހަމައެކަނި ދިހަވަނަ ދުވަހު ރޯދަހިފުމެވެ.

ހުތުބާގައި މުޙައްރަމް މަހުގެ މާތްކަން ބަޔާންކުރެއްވިއެވެ. ރަމަޟާން މަހަށްފަހު އެންމެ މާތް މަހަކީ މުޙައްރަމް މަސްކަން ނަބިއްޔާގެ ޙަދީޘްފުޅަކުން ބަޔާންކުރެއްވިއެވެ. އަދި މި މަސް މާތްﷲގެ ޛާތުފުޅަށް ނިސްބަތްކުރެވިފައިވާތީ އޭގެ މާތްކަން އިތުރުވެގެންވާކަން ފާހަގަކުރެއްވިއެވެ.

ހުތުބާ ނިންމީ އާދައިގެ މަތިން ނަބިއްޔާ މުޙައްމަދު ﷺ ގެ މައްޗަށް ޞަލަވާތާއި ސަލާމްލެއްވުމުގެ މުހިންމުކަން ހަނދާންކޮށްދީ ސޮލަވާތް ކިޔެވުމަށް ނަސޭހަތްދީ ވަސިއްޔަތް ކުރަމުންނެވެ.

ހުތުބާގެ ދުޢާގައި ނަބިއްޔާއަށާއި، އާލު އަޞްޙާބުންނަށާއި، ހަތަރު ޚަލީފާއިންނަށާއި، ތާބިޢީންނަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދިވަޑައިގަތެވެ. އަދި މުސްލިމުންގެ ހިތްތައް އެކުވެރިކުރެއްވުމަށާއި، އިސްލާމްދީނަށް ލޯބިކުރާ ބަޔަކު ކަމުގައި ލެއްވުމަށް ދުޢާކުރެއްވިއެވެ. ރާއްޖެއަށް ޚާއްޞަކޮށް، ބަލިމަޑުކަމުން ސަލާމަތްކުރެއްވުމަށާއި، އިޤްތިޞާދީ ދާއިރާތަކުގައި ބަރަކާތްލެއްވުމަށް އެދިވަޑައިގަތެވެ. އަދި ވެރިންނަށް ހިދާޔަތާއި ތައުފީޤު ދެއްވުމަށާއި، އެންމެންނަށް ދުނިޔެއާއި އާޚިރަތުގެ ހެވާއި ލާބަ މިންވަރުކުރެއްވުމަށް އެދި ދުޢާކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!