ޚަބަރު
ޑީޖޭ ޑޯލް ރިމިކްސްގެ ‘ކާންޓާ ލަގާ’ އިން މަޝްހޫރުވި ޝެފާލީ މަރުވެއްޖެ

މަޝްހޫރު ޑީޖޭ ޑޯލް ރިމިކްސް އަލްބަމްގެ މިއުޒިކް ވީޑިއޯ ލަވަ ‘ކާންޓާ ލަގާ’ އިން ބޮޑު މަގުބޫލުކަމެއް ހޯދި އިންޑިއާގެ މޮޑެލް އަދި ބަތަލާ ޝެފާލީ ޖާރިވާލާ މަރު ވެއްޖެ އެވެ. އުމުރުން 42 އަހަރުގެ ބަތަލާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހި، ރޭގެ މެންދަމުގެ ވަގުތެއްގައެވެ.

ކަލަސް ޓީވީގެ މަޝްހޫރު ރިއަލިޓީ ޝޯ ‘ބިގް ބޮސް’ 13 ވަނަ ސީޒަންގައި ބައިވެރިވެފައިވާ ޝެފާލީ، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އޭނާގެ މަރާ ގުޅޭ އިތުރު ތަފްސީލު ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

ޝެފާލީގެ ކުއްލި މަރުވުމާ ގުޅިގެން ފިލްމީ ދާއިރާގެ ގިނަ ތަރިން ވަނީ ހިތާމަ ފާޅުކޮށް، ތައުޒިޔާގެ މެސެޖުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަން ފަށާފައެވެ. ގިނަ ޓެލެވިޜަން ޕްރޮގްރާމްތަކުގައި ފެނިފައިވާ ޝެފާލީގެ މަރުގެ ޚަބަރަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކުރުވަނިވި ޚަބަރެއް ކަމުގައި މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ސްޓާ ޕްލަސްއިން ގެނެސްދިން ޑާންސް ޝޯ ‘ނަޗް ބަލިޔޭ 5’ ގައި އޭނާގެ ފިރިމީހާ ޕަރަގް ތިޔާގީއާ އެކު ބައިވެރިވެފައިވާ ޝެފާލީ ވަނީ 2018 ވަނަ އަހަރު ރިލީޒްކުރި “ބޭބީ ކަމް ނާ” ފަދަ ވެބް ސީރީސްތަކުގައިވެސް މަސައްކަތްކޮށްފައެވެ. އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ސްޓާ ބާރަތުން ގެނެސްދިން ރޮމޭންޓިކް ހޮރަރ ފެންޓަސީ ޑްރާމާ “ޝައިތާނީ ރަސްމޭ” އިންނެވެ.

ޝެފާލީގެ މަރާ ގުޅިގެން އާއިލާގެ ފަރާތުން ރަސްމީ ބަޔާނެއް ނެރޭނެ ވަގުތަކަށް ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތަކުގައި ވަނީ ފާހަގަކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!