ޚަބަރު
ފުރަތަމަ ފަހަރަށް ތިނަދޫ ސިޓީގެ ހިންގުންތެރިކަމަށް އަންހެނެއް؛ އެކްޓިންގ މޭޔަރަކަށް އައިމިނަތު ނަސީމާ,

ތިނަދޫ ސިޓީގެ މޭޔަރު ސަޢުދު ޢަލީ އާއި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ ސަސްޕެންޑް ކުރުމާ ގުޅިގެން، އެ ސިޓީގެ އެކްޓިންގ މޭޔަރަކަށް އާމިނަތު ނަސީމާ އައްޔަން ކޮށްފިއެވެ. މިއީ އެ ސިޓީގެ އެފަދަ މަޤާމަކަށް, ތިނަދޫ ސިޓީގެ ހިންގުންތެރިކަމަށް ވެސް އަންހެނަކު އައްޔަން ކުރެވުނު ފުރަތަމަ ފަހަރެވެ.

އައިމިނަތު ނަސީމާ އަކީ، މިހިނގަމުންދާ ދައުރުގައި، އެމްޑީޕީގެ ފަރާތުން ވާދަކޮށް ގޮނޑި ކާމިޔާބު ކޮށްފައިވާ މެންބަރެކެވެ،

ސިޓީގެ އެކްޓިންގ މޭޔަރަކަށް އާމިނަތު ނަސީމާ އައްޔަން ކޮށްފައިމިވަނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކުރި އިންކުއަރީއަކަށްފަހު ނިންމި ނިންމުމަކަށްފަހު ކައުންސިލުގެ މޭޔަރުގެ ޒިންމާ ވަގުތީ ގޮތުން މެދުކެނޑި، ވަގުތީ ގޮތުން އެދެގޮނޑި ހުސްވެފައި ހުރުމުންނެވެ. އެލްޖީއޭއިން ނިންމާފައިވަނީ މޭޔަރު ސަޢުދު ޢަލީ 3 މަސް ދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ ޢަލީ އެއް މަސް ދުވަހަށް މުސާރައާއި އިނާޔަތް ނުލިބޭގޮތަށް ސަސްޕެންޑް ކުރުމަށެވެ.

އޭޕްރީލް، 17، 2024 ގައި ކައުންސިލު އިންތިހާބުން ހޮވުނު ފަރާތްރަށް ކުރަނީ—ފޮޓޯ: ކައުންސިލް

އެލްޖީއޭގެ އިންކުއަރީގައި ކައުންސިލާ ގުޅޭ 19 މައްސަލައެއް ބަލާފައިވެއެވެ. މީގެ ތެރޭގައި ދައުލަތުގެ އިދާރާތަކުގެ ސިޓީތަކަށް ޖަވާބު ނުދިނުމާއި، ރަށްވެހިކަން ބަދަލުކުރުމަށް ނާޖާއިޒު ފީ ނެގުމާއި، އަތޮޅު ކައުންސިލުގެ އެންގުންތަކަށް އަމަލު ނުކުރުން ފަދަ މައްސަލަތައް ހިމެނެއެވެ. އަދި މާލީ ވުޒާރާގެ ހުއްދަނެތި އެލަވަންސް ދިނުމާއި، އޭސީސީގެ ތަޙުޤީޤަށް އެއްބާރުލުން ނުދިނުންވެސް ފާހަގަކުރެވިފައިވެއެވެ.

މީގެއިތުރުން، ހައުސިންގ މިނިސްޓްރީގެ މަޝްވަރާ ނެތި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލުމަށް ހުޅުވާލުމާއި، މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރުގެ އަމިއްލަ ވިޔަފާރި އެކައުންޓަށް ޖަމާކުރުން ފަދަ ސީރިއަސް މައްސަލަތައްވެސް ފާހަގަކުރެވިފައިވެއެވެ. އަދި ސިޓީ ކައުންސިލެއް އުފެދިފައި ނުވަނީސް ސިޓީ ކައުންސިލެއްގެ މުސާރައާއި އިނާޔަތް ނެގުންވެސް ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!