ޚަބަރު
މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން: ވަޒީރު އާދަމް ޝަރީފު

މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025 ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

“މި ތަޞައްވުރަށް ވާސިލުވުމަށް ޓަކައި ދަރިވަރުންނަކީ އިސްލާމީ ޢަޤީދާ ވަރުގަދަ، އަމިއްލަވަންތަކަމާއި، ދިވެހި ޤައުމިއްޔަތު ދަމަހައްޓައި، ޤާބިލު އަދި އަމިއްލަ ނަފުސަށް އިތުބާރުކުރާ ފަރުދަކަށް ހަދަންޖެހޭ! އުނގެނުމާއި، ހޯދާބެލުމަށް ޝައުޤުވެރިވާ، ޢިލްމު އުފައްދާ ކާމިޔާބު ފަރުދަކަށް ހަދަންޖެހޭ! ތިމާގެ އަމިއްލަ ޢާއިލާއާއި، މުޖުތަމަޢުއާއި، ބަވަނަވަމުންދާ ދުނިޔޭގައި ހިއްސާ އަދާކުރާ، އުފެއްދުންތެރި، އަދި ޒިންމާދާރު ފަރުދަކަށް ހަދަންޖެހޭ!” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި މަދަރުސީ ތައުލީމުގެ ޤައުމީ މަންހަޖުގެ ތަޞައްވުރަށް ވާޞިލުވުމުގެ ޒިންމާ އުފުއްލަވަން، އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ މުދައްރިސުން ކަމަށް ވިދާޅުވިއެވެ.

ހުރަވީ ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާ 2025ގެ މަތީ ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާ، ތައްޓާ، ޝީލްޑް ޙަވާލުކޮށްދެއްވީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެރީންނާއި، ހުރަވީ ސުކޫލުގެ ވެރީންނާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި ގިނަ ޢަދަދެއްގެ ކިޔަވާކުދިން ބައިވެރިވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!