ޚަބަރު
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ބާކީނުވާނެހެން ދުނިޔޭގެ މާލީ ނިޒާމު އިޞްލާޙު ކުރަންޖެހޭ: ނައިބު ރައީސް

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ބާކީނުވާނެހެން، ދުނިޔޭގެ މާލީ ނިޒާމު އިޞްލާޙުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ، ސްޕެއިންގެ ސެވީލްގައި ކުރިއަށްދާ ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގައި، އިސްތިރާޖީ ރޭވުމާއި ދެމެހެއްޓެނިވި ވުނޭރުކަމުގެ އެހީގައި ތަރައްޤީ ގެނައުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ދެއްވެވި ޕްލެނަރީ ބަޔާނުގައެވެ.

އެމަނިކުފާނުގެ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، މިހާރު ދުނިޔެއަށް ދިމާވެފައިވާ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން މުދާ އުފައްދައި ދައުރުކުރުމުގެ ވިއުގަތަކަށް ހުރަސް އެޅި، ނުރައްކާތެރިކަން އިތުރުވަމުންދެއެވެ. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ބައިނަލްއަޤުވާމީ މާލީ އޮނިގަނޑަށް ނިޒާމީ ގޮތުން ހުރަސްތައް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައިވެސް، ދިވެހި ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްޤީގެ މަޝްރޫޢުތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން، ބައިނަލްއަޤުވާމީ ބަންކަރިންގ ޚިދުމަތްތައް ޤާއިމުކުރުމާއި، ދިގު މުއްދަތުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން އަގު އެއްކުރެވިފައިވާ ބާވަތްތަކުގެ އެކްސްޕޯޓް ކުރިއެރުވުމަށްޓަކައި ވިޔަފާރީގެ ދާއިރާއިން ބާއްވާ ގުޅުންތައް އިތުރުކުރުމަށް ރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ (މިފްސާ) މެދުވެރިކޮށް މާލީ ނިޒާމު ޒަމާނީކުރުމަށާއި، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް ސެންޓަރ (މިފްސީ) ފައިނޭންޝަލް ފްރީ ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް އެމަނިކުފާނު ވަނީ ޙިއްޞާކުރައްވާފައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން އެންމެ ކުދި، އަދި މެދުފަންތީގެ ވިޔަފާރިތައް (އެމް.އެސް.އެމް.އީޒް) ކުރިއަރުވައި، އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށް އިސްކަންދެއްވައެވެ. މީގެ އިތުރުން، ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލް ހުޅުވައި، އެއަރޕޯޓުން ފަސިންޖަރުންނަށް ޚިދުމަތްދެވޭ މިންވަރު ތިން ގުނަ އިތުރުކޮށްގެން، އެއަރޕޯޓްގެ ކެޕޭސިޓީ 7 މިލިއަން ފަސިންޖަރުންނަށް އިތުރުކުރުމަށް ތައްޔާރުވަމުންދާކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ، 2040 ވަނަ އަހަރުގެ ނިޔަލަށް، ދިވެހިރާއްޖެއަކީ ކުރިއަރާފައިވާ ގައުމަކަށް ހެދުމަށާއި، މުޅި ދުނިޔޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ވިލުންތެރިކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އަށް ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން މިހާރު ކުރިމަތިވާ ނަހަމަކަން ފާހަގަކުރެއްވިއެވެ. އަދި ވިލުންތެރި ގޮތެއްގައި ދަރަނީގެ މައްސަލަ ޙައްލުކުރުމަށް ރާއްޖެ ގެންގުޅޭ ސިޔާސަތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ބޭރުން އަންނަ ލޮޅުންތަކުން އަރައިގަތުމަށާއި، ތަރައްޤީގެ އަސާސީ ބޭނުންތައް ފުއްދުމަށް، ސިޑްސް އަށް ދަރަނި ނަގަން މަޖުބޫރުވަނީ، ކޮންސެޝަނަލް ފައިނޭންސް ލިބުމުގެ ޝަރުޠުތައް ހަމަނުވާތީކަމަށެވެ. އަދި އެ ސަބަބާހުރެ، އަދިވެސް، މި ޤައުމުތަކުގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ދަރަނިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްޤީއަށް ޤައުމުތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ފަހިކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސެވީލް ކޮމިޓްމަންޓަށް ހަރުދަނާ ސިފައެއްގައި ޢަމަލީ ސިފަ ގެނައުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މި ލަނޑުދަނޑި ޙާޞިލުކުރުމަށް ހިތްވަރާއި އެއްބާރުލުން ބޭނުންވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ދުނިޔޭގެ މާލީ ނިޒާމު އިޞްލާޙުކުރަން ޖެހޭކަމަށް ވިދާޅުވެ، މިހާރުގެ ނިޒާމަކީ ގިނަފަހަރަށް އެންމެ ނާޒުކު ޤައުމުތައް ބާކީކުރާ ނިޒާމެއް ކަމުގައި ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވަނީ، 2030 ގެ އެޖެންޑާ ތަންފީޒުކުރުމުގައި ކޮންމެ ޤައުމެއްގެވެސް ޚާއްޞަ ޙާލަތަށް ރިޢާޔަތްކުރުމަށް ވަކާލާތު ކުރައްވާފައެވެ. އަދި ޤައުމީ ފެންވަރުގައި ޤާބިލުކަން ބިނާކުރުމަށާއި، ދަރަނިން ޙަޤީޤީ ލުއި ލިބޭނެ ގޮތްތައް ހޯދުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މި ހިނގާ ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ، އެފް.އެފް.ޑީ.4 ގައި ބައިވެރިވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ވަގުތު ހުންނެވީ ސްޕެއިންގެ ސެވީލްގައެވެ. އެފް.އެފް.ޑީ.4 ގެ މަޤްޞަދަކީ މާލީ އިޞްލާޙުތަކާ ބެހޭގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރުމެވެ. މި މަޝްވަރާތަކުގައި ސަރުކާރުތަކާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމުޢިއްޔާތަކާއި، މާލީ އަދި ވިޔަފާރީގެ މުއައްސަސާތަކާއި، ވިޔަފާރިތަކާއި، އދ ގެ ނިޒާމާއި މަދަނީ ޖަމުޢިއްޔާތަކުން ބައިވެރިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!