ޚަބަރު
ފީފާ ކުލްބް ވޯލްޑްކަޕް ކުއަރޓަރ ފައިނަލަށް ޓީމުތައް ހޮވައިފި

ދުނިޔޭގެ އެކި ބައްރުތަކުން 32 ޓީމް ވާދަކުރި ފީފާ ކުލަބް ވޯލްޑްކަޕް ކުއާޓާފައިނަލަށް ޓީމުތައް ހޮވައިފިއެވެ.

އެގޮތުން ކުއަޓާފައިނަލަށް ހޮވިފައިވަނީ ޔޫރަޕް 5 ޓީމާއި، ދެކުނު އެމެރިކާބައްރުން 2 ޓީމާއި، އޭސިއާއިން 1 ޓީމެވެ.

ޔޫރަޕުން ހޮވިފައިވާ ޓީމްތަކަކީ، ފީފާ ކުލަބް ވޯލްޑްކަޕް ވެސް އަދި ޔޫރަޕިއަން ޗެމްޕިއަންސް ލީގުވެސް އެންމެ ގިނައި ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑާއި، ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީއާއި، 3 ވަނައަށް ޗެމްޕިއަންސް ލީގު އެންމެ ގިނައިން ކާމިޔާބުކުރި ބެޔާންމިއުނިކާއި، ބޮރޯޝިއާ ޑޯޓްމަންޑާއި، ޗެލްސީއެވެ. ދެކުނު އެމެރިކާއިން ކުއާޓާއަށް ދަތުރުކުރީ ބްރެޒިލްގެ ގަދަ ދެބާރުކަމަށްވާ ޕެލްމެއިރާސްއާއި، ފުލުމިންސޭއެވެ.

އޭޝިއާއިން ކުއާޓާރއަށް ހޮވިފައިވަނީ، ސައުދީ ލީގުގެ ގަދަ ބާރެއްކަމަށްވާ އަލްހިލާލެވެ. މި މުބާރާތުގައި އަދި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ ކުރިޔަށްދާ ޓީމްތަކުގެ ތެރޭގައި ރެއާލްމެޑްރިޑާއި، ބޮރޯޝިއާޑޯޓްމަންޑާއި، ޕެލްމެއިރާސްއާއި، ފުލުމެންސީއާއި، އަލްހިލާލު ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!