އީރާނުން ތިބީ ދޫދޭގޮތަކަށް ނޫން، އެމެރިކާއަށް ފަހުގެ އިންޒާރުދީފި
މަޢުލޫމާތު
ރުޅި އައިސްފައި ހުރެގެން ކުރާ ވަރީގެ ޙުކުމަކީ ކޮބައިތޯ؟

ރުޅި އައިސްފައި ހުރެގެން ކުރާ ވަރީގެ ޙުކުމަކީ ކޮބައިތޯ؟ މި ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ ޞަރީޙަ ބަހުން “ވަރިކޮށްފިން” ކަމަށް ބުނެފިނަމަ ނިޔަތަށް ބަލަން ނުޖެހޭނެ ކަމަށެވެ. “ތިއަ ބޭނުންވި ގޮތަށް އެވަނީ ވަރިވެފައި” ކަމަށެވެ.

ރުޅީގައި 3 ޙާލަތެއް ވެއެވެ.
1. މީހާގެ ޝުޢޫރު ގެއްލި މޮޔަ މީހެއްފަދައިންވާ ވަރަށް ރުޅިގަދަވުން. މިފަދަ ޙާލަތުގައި ވަރި ނުވާނެ ކަމަށް ހުރިހާ ޢިލްވެރިން އިޖުމާޢުވެލައްވައެވެ. ސަބަބަކީ އެމީހަކީ ބުއްދި ފިލައި ގޮސް މޮޔަ މީހެއް ފަދަ މީހަކަށްވާތީއެވެ.

2. ރުޅިގަދަވި ނަމަވެސް ތިމާއަށް ކިޔޭ ނުކިޔޭ އެއްޗެއް އެނގޭ ވަރަށް ރުޅިއައުން ނަމަވެސް، ރުޅި ގދަވެއްޖެ ނަމަ، ތިމާގެ ނަފްސް ކޮންޓްރޯލު ނުކުރެވި ތިމާގެ އަތުން ފައިން ގޯސް ހެދޭވަރަށް ރުޅިގަދަވުން. މިފަދަ މީހާ ކުރާ ވަރި ވަރިއަކަށްވާނެތޯ ނުވަތަ ނޫންތޯ ޢިލްމްވެރިންގެ މެދުގައި ޚިލާފް އުފެދިފައިވެއެވެ. ރާޖިޙް ގޮތަކީ ވަރި ނުވުމެވެ.

އެހެނީ ރަސޫލުﷲ (ޞޢވ) ޙަދީޘް ކުރައްވަވާފައިވެއެވެ. – މާނައީ “މަޖުބޫރީ ޙާލަތުގައްޔާއި، ރުޅިގަދަވެފައި ހުންނަ ޙާލަތުގައި ވަރިކުރުމެއް، އަޅުން މިނިވަން ކުރުމެއް ނެތެވެ.”

3. އާދައިގެ ވަރަކަށް ރުޅިއައުން. މިފަދަ ހާލަތުގައި ކުރާ ވަރި ވަރިއަކަށް ވާނެ ކަމަށް ހުރިހާ ޢިލްމުވެރިން އިޖުމާޢުވެލައްވައެވެ.

މިއީ މިމައްސަލައިގައި ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ އާއި އިބްންލް ޤައްޔިމް ރަޙިމަހުﷲ ދެއްވަވާފައިވާ ތަފްޞީލެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!