ޚަބަރު
ކައިވެންޏަށް 2 ހަފުތާ ނުވަނީސް, ލިވަޕޫލްގެ ތަރި ޑިއެގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

ލިވަޕޫލް އަދި ޕޯޗުގަލް ތަރި ޑިއޭގޯ ޖޮޓާ (28 އަހަރު) އާއި އޭނާގެ ކޮއްކޮ އެންޑްރޭ ސިލްވާ (26 އަހަރު) ސްޕެއިންގައި ދިމާވި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ. މި ހިތާމަވެރި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓުކުރީ ޕޯޗުގީޒް މީޑިއާއިން ކަމަށްވާއިރު، ޕޯޗުގަލްގެ ބޮޑުވަޒީރާއި އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ މި ޚަބަރު ކަށަވަރުކޮށްދީފައެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ސްޕެއިންގެ ޒަމޯރާގެ ސަނާބްރިއާ ސަރަހައްދުގެ ހައިވޭގައެވެ. ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، ޑިއެގޯޖޮޓާ އާއި އޭނާގެ ކޮއްކޮ ދަތުރުކުރި ކާރު ކޮންޓްރޯލްނުވެ ގޮސް ތަނެއްގައި ޖެހި އަލިފާން ރޯވީއެވެ. ހާދިސާ ދުށް މީހުން ވަގުތުން ކަމާބެހޭ ފަރާތްތަކަށް އެންގި ނަމަވެސް، ކާރުގައި ތިބި ދެމީހުންގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.

ޖޮޓާ އާއި ރޫތު ކާޑޯސޯ، ކައިވެނީކުރީ 2 ހަފުތާކުރިން

ޖޮޓާ އާއި ރޫތު ކާޑޯސޯ، އެމީހުންގެ ދަރިފުޅަކާއެކު

ތިން ކުދިންގެ ބައްޕައެއް ކަމުގައިވާ ޖޮޓާ ވަނީ މިދިޔަ ޖޫން 22 ވަނަ ދުވަހު، ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނު ރޫތު ކާޑޯސޯއާ ކައިވެނިކޮށްފައެވެ. އެ ދެ މީހުން ވަނީ އެމީހުންގެ ކައިވެނީގެ ފޮޓޯތައް ފަހުން ހިއްސާކޮށްފައެވެ.

ޖޫން 30 ވަނަ ދުވަހު ރޫތު ވަނީ “އަހަރެންގެ ހުވަފެން ހަގީގަތަކަށް ވެއްޖެ،” މިފަދައިން ލިޔެފައެވެ. އެއަށް ޖަވާބު ދެމުން ޖޮޓާ ވަނީ “ނަސީބުވެރިޔަކީ އަހަރެން” މިހެން ބުނެފައެވެ.

ޖޮޓާގެ ހިތާމަވެރި މަރާ ގުޅިގެން ފުޓުބޯޅަ ދުނިޔެއިން ވަނީ ހިތާމައިގެ މެސެޖުތައް ފޮނުވާފައެވެ. ޕޯޗުގަލްގެ ބޮޑުވަޒީރު ލުއިސް މޮންޓެނެގްރޯ ވިދާޅުވީ، “ޕޯޗުގަލްގެ ނަން ޝަރަފުވެރި ކޮށްދިން ކުޅުންތެރިއެއް ކަމުގައިވާ ޑިއޭގޯ ޖޮޓާ އަދި އޭނާގެ ކޮއްކޮގެ މަރަކީ ކުއްލި އަކަށް ލިބުނު ވަރަށްވެސް ހިތާމަވެރި ޚަބަރެއް. އެ ދެމީހުންގެ އާއިލާއަށް ހިތްވަރު ދެއްވުން އެދި ދުއާކުރަން، މިއީ ފުޓުބޯޅައަށާއި ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރަށް ހިތާމަވެރި ދުވަހެއް،”

ޖޮޓާއަކީ ލިވަޕޫލްގެ ސަޕޯޓަރުންގެ މެދުގައި ވަރަށް މަގުބޫލު ކުޅުންތެރިއެކެވެ. އޭނާ 2020 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ލިވަޕޫލަށް 123 މެޗު ކުޅެ، 47 ގޯލު ޖަހާފައިވެއެވެ.

ޖޮޓާގެ ކުއްލި މަރަކީ ފުޓުބޯޅަ ދުނިޔެއަށާއި، ލިވަޕޫލް ކްލަބަށް އަދި ޚާއްސަކޮށް އޭނާގެ އަނބިމީހާ އާއި އާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!