ޚަބަރު
ފިޔާ، އަލުވި އަދި ބިހުގެ އަގު ބޮޑު ވެދާނެ

ފިޔާ، ބިސް އަދި އަލުވި މާލޭގެ ބާޒާރު މަތިން މަދުވެ މަދުވެ، އަންނަ ހަފުތާގެ ތެރޭގައި އެ ބާވަތްތަކުގެ އަގު އުފުލިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބައެއް ވިޔާފާރިވެރިން ބުނެފިއެވެ.

ފިޔާ އަދި އަލުވި މަދުވުމުގެ ސަބަބުން ފިޔާ އަދި އަލުވި ބަސްތާ ވިއްކުން އެއްބައި ފިހާރަތަކުން މިހާރުވަނީ ހުއްޓާލާފައެވެ. ރާއްޖެއަށް މުދާ އެތެރެ ކުރާ ބައެއް ވިޔާފާރިވެރިން ބުނީ މި ދުވަސްވަރު އިންޑީއާއިން ރާއްޖެއަށް މުދާ ގެނައުމުގައި ދަތި ތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ. މިވަަގުތު އިންޑިއާއިން ރާއްޖެއަށް މުދާ ގެންނަނީ އެންމެ ބޯޓަކުން ކަމަށްވުމުން ބޭނުންވާ ވަރަށް މުދާ އެތެރޭ ނުކުރެވޭ ކަމަށް ވެސް ވިޔާފާރިވެރިން ބުނެއެވެ.

ބޭނުންވާ ވަރަށް ފިޔާ، އަލުވި އަދި ބިސް ނުލިބޭ ނަމަ ކުރިއަށް އޮތް ހަފުތާ ތެރޭގައި އެ ތަކެތީގެ އަގު އުފުލޭނެކަމަށް ގިނަ ވިޔާފާރިވެރިން ތަކެއް ބުނެއެވެ. އަދި މިއަގުތައް ހަމައަކަށް އެޅޭނީ މުދާ ލިބުމުގައި ހުރި ދަތިތައް ހައްލުވުމުން ކަމަށްވެސް ވިޔާފާރިވެރިން ބުނެއެވެ.

މި ވަގަތު ބާޒާރުގައި ފިޔާ ކިލޯއެއް 20ރ. އަށް ހުރި އިރު އަލުވި ކިލޯއެއް 15ރ. އަށެވެ. އަދި މިވަގުތު ބިސް ކޭހެއްގެ އަގު އަޅެނީ 420ރ. އަށެވެ. ކޮވިޑާއީ ގުޅިގެން މުދާ އެތެރެ ކުރުމަށް ދިމާވާ ދަތިތަކާއި ގުޅިގެން ދޭތެރެ ދޭތެރެއިން އެއްޗެހީގެ އަގު ބޮޑުވެގެން ދެއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!