ޚަބަރު
ޓެކްސަސްގައި ފެންބޮޑުވުމުގެ ސަބަބުން 24 މީހުން މަރުވެ، އަންހެން ކުދިންގެ ސަމަރ ކޭމްޕުން ގިނަ ބަޔަކު ގެއްލިއްޖެ

ޓެކްސަސްގައި ފެން ބޮޑުވުމުގެ ސަބަބުން 24 މީހުން މަރުވެ، ސަމަރ ކޭމްޕަކުން ގިނަ އަންހެން ކުދިންތަކެއް އޮޔާ ގޮސް ގެއްލިއްޖެއެވެ.

ހުކުރު ދުވަހު ޓެކްސަސްގައި ގުއަޑަލޫޕް ކޯރު ބަންޑުން ވުމުގެ ސަބަބުން ފެންބޮޑުވެ، އަންހެން ކުދިންގެ ކޭންޕެއްގައި ތިބި 25 ކުދިން ގެއްލި 24 މީހުން މަރުވެފައި ވާކަމަށް ރިޕޯޓްކޮށްފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ މިނިވަން ދުވަހު ހިނގި މި ކާރިސާ އަކީ ވަރަށް ގަބޫލު ކުރަން ދަތި، ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ސެން އެންޓޯނިއޯގެ ހުޅަނގު އުތުރުން 104 ކިލޯމީޓަރު (64.0 މޭލު) ދުރުގައި އޮންނަ ކެރްވިލް ޓައުންގެ ބޭރުގައި އޮންނަ ކޭމްޕް މިސްޓިކްގައި ބައިވެރިވި 750 އަންހެން ކުދިންގެ ތެރޭގައި ހިމެނޭ 25 ކުދިން އަދިވެސް ރެސްކިއު ކްރޫއިން ހޯދަމުން އަންނައިރު، ފެންބޮޑުވުމުގެ ސަބަބުން ފޯނު ލައިންތައް ޑައުންވެ، ބައެއް ކައުންޓީތަކުގައި ކުއްލި ނުރައްކަލުގެ ހާލަތުވެސް ވަނީ އިއުލާން ކޮށްފަ އެވެ.

ޓެކްސަސްގެ ލެފްޓިނެންޓް ގަވަރުނަރު ޑޭން ޕެޓްރިކް ވިދާޅުވިގޮތުގައި 45 މިނެޓްގެ ތެރޭގައި ގުއަޑަލޫޕް ކޯރުގެ ފެންގަނޑު 26 ފޫޓަށް އުފުލިފައިވާކަމަށެވެ.

ރެސްކިއު އޮޕަރޭޝަން ތަކެއް މިހާރު ވެސް ކުރިއަށްދާ ކަމަށާއި އަދިވެސް ގެއްލިފައިވާ މީހުންގެ ސީދާ އަދަދެއް އޮފިޝަލުންނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!