ރިޕޯޓް
ބައިލައްކަ ކުދިން ކަނޑުން ސަލާމަތް ކޮށްދިން ނައުފަލު އަދިވެސް އެ މަސައްކަތުގައި!

ތަފާތު ހުނަރުވެރިންގެ ވާހަކަ މީގެ ކުރިންވެސް އަޑުއަހާ އުޅެމުއެވެ. އެކަމަކު މިއީ މުޅިން އާދަޔާ ޚިލާފު ހުނަރުވެރިއެއްގެ ވާހަކައެވެ. ފިސާރި ފެތުންތެރިއެއްގެ ވާހަކައެވެ. ދުވާލު ހަތް ގަޑިއިރު މޫދުގައި ހޭދަ ކުރާ ކުޅަދާނަ ފެތުންތެރިޔާ ނައުފަލް މޫސާގެ ވާހަކައެވެ. މީގެ ކުރިންވެސް ނައުފަލްގެ ޕްރޮފައިލް ރިޕޯޓެއް “ހުވަދޫ މީޑިއާ” އިން ގެނެސްދީފައި ވާނެއެވެ.

ނައުފަލުގެ ހިތްހަމަޖެހުން ގުޅިފައިވަނީ މޫދާ ކަމަށްވީއިރު، ފަތަން ދަސްކޮށް ދިނުމުގައި ހޭދަކޮށްފައިވާ ދިގު 26 އަހަރުތެރޭ އޭނާ ވަނީ 50،000 ކުދިން މޫދުން ސަލާމަތްވާނެ ގޮތް ބުނެދީ ދަސްކޮށްދީފައެވެ،

ސްވިމިން އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓްރީ އާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ “ފަތަމާ ހިނގާ” ޕްރޮގްރާމްގެ ތެރެއިން

ސޯޝަލް މީޑިއާއިން ނައުފަލުގެ ފޮޓޯ، ވީޑިއޯ ދެކުނިންތަ! ފެންނާނެ.

“ސުވިމިން ޑްރީމްސް ވިތު ނައުފަލް” ނައުފަލުގެ ފޭސްބުކު ޕޭޖް. ނިކަން ފޮލޯ ކޮށްލަވާ!

ނައުފަލްގެ ހުނަރާއި އޭނާ ތަމްރީންދޭ ކުދިންނަށް ބަހައްޓާ ގާތްކަން ވަރަށް ރަނގަޅަށް ސުވިމިން ޑްރީމްސް ވިތު ނައުފަލް ޕޭޖުން ފެންނާނެއެވެ. އަދި މިޕޭޖަށް ބެލެނިވެރިން ބަންޑުންކޮށްފައިވާގެ ޝުޢޫރުވެތައްވެސް ފެންނާނެއެވެ. ޅެމާއި ބަންޖާއި ފަރިހިން ބެލެނިވެރިން ނައުފަލަށް ތަޢުރީފު ކުރަނީ ހިތުގެ ފުންމިނުން ޝުކުރުވެރިކަމާއެކުގައެވެ. ސަބަބަކީ ނައުފަލުގެ ދަރިވަރުންނަށް އޭނާ ބަހައްޓާ ގާތްކަމާއި ލޯތްބަކީ ކޮންމެ ބެލެނިވެރިއަކުވެސް އެމީހުންގެ ދަރިންގެ އުސްތާޒުންގެ ކިބައިން އުއްމީދު ކުރާ ކަމަކަށްވާތީއެވެ

ދެ ޖިންސުގެ ކުދިން ބައިވެރިވާ ނައުފަލުގެ ފެތުމުގެ ޕްރޮގްރާމްގައި އޭނާ އެއްވެސް ކުއްޖަކު ބާކީ ކޮށްނުލައެވެ. މޫދު ބައްޕައެއް ފަދައިން އެވަގުތު އެއީ އޭނާގެ ދަރިންގެ ގޮތުގައި ބަލައެވެ. ޕްރޮގްރާމް ނިމޭއިރު އެއީ އޭނާގެ ދަރިންނެވެ. ކުދިންގެ ހާލު ބަލައެވެ. އެކުދިންނާ ބަހައްޓާ ގާތްކަމަކީވެސް އާދަޔާ ޚިލާފު ގާތްކަމެކެވެ.

“ފަތަމާ ހިނގާ ޕްރޮގްރާމް” އެމްބަސަޑަރު ނައުފަލް މޫސާ މޫދުލޮނާއި އޮތް ގާތްކަން މިހާރު ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް އެނގޭނެއެވެ. ޚާއްޞަކޮށް ގިނަ ސްކޫލުތަކުގެ ދަރިވަރުންނަށް އެކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނައުފަލު ދުވާލުގެ ބޮޑުބައެއް ހޭދަކުރަނީ މޫދުގައެވެ. ދުވަހުގެ 7 ގަޑިއިރު މޫދުގައި ހޭދަކުރާ ނައުފަލް އޭނާގެ ހަޔާތުގައި ބޮޑުބައެއް ހޭދަކުރަނީ މޫދުގައެވެ. އެއީ ވެވޭނެ ކަމެއްނަމަ ނައުފަލު ދިރިއުޅޭނީވެސް މޫދުގައިކަން ގައިމެވެ.

މޫދުލޮނަކީ ނައުފަލު ދެކޭގޮތުގައި އޭނާގެ ހިތާއި އެހިތުގެ ހަމަޖެހުމެވެ. އެ ހިތްހަމަޖެހުން އޭނާ ހޯދައިދެނީ އެހެންމީހުންވެސް ހިމަނައިގެންނެވެ. ހިކިފަސް ބިމަށްވުރެ ކަނޑުގެ ސަރަހައްދު ބޮޑު މިރާއްޖޭން އޭނާއަށް މޫދު ފެނުނީ އާދަޔާ ޚިލާފަށެވެ. ކުޑައިރުއްސުރެ މޫދަށް ޖެހުނު ލޯބި އަދިވެސް އޮތީ މޫދުގައެވެ. މޫދަށް ނުދެވިއްޔާވެސް އޭނާ ވަރުބަލިވެއެވެ. ނައުފަލް ބުނާ ގޮތުން އޭނާގެ ދިރުމަކީވެސް އެއީއެވެ.

އައްޑޫސިޓީ، މަރަދޫގެ ދެ ސްކޫލެއްގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގުމަށް މިހާރު ނައުފަލު ހުރީ އައްޑޫގައެވެ. މި ޕްރޮގްރާމް ފެށީ ޖޫން މަހުގެ 24 ގައެވެ. ސްވިމިން އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓްރީއާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ “ފަތަމާ ހިނގާ” އެ ޕްރޮގްރާމްގައި ބައިވެރިވަނީ މަރަދޫ ސްކޫލާއި މަރަދޫ އިރުޝާދިއްޔާ ސްކޫލެވެ. އެ ޕްރޮގްރާމްގައި ގްރޭޑް 1-6 ގެ ދަރިވަރުންވަނީ ބައިވެރިވެފައެވެ. ޖުމްލަ 300 ކުދިންނަށް މިހާރުވެސް ނައުފަލު އދަނީ ފަތަން ދަސްކޮށްދެމުންނެވެ.

މި އަހަރުގެ ކުރީކޮޅުވެސް ނައުފަލް ވަނީ އައްޑޫގެ ސްކޫލުތަކެއްގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމް އެންމެ ފުރަތަމަ ބޭއްވީ ފޭދޫ ސްކޫލުގެ ދަރިވަރުންނަށެވެ. އެ ޕްރޮގްރާމުގައި 200 އަށް ވުރެ ގިނަ ދަރިވަރުންނަށް ނައުފަލު ވަނީ ފަތަން ދަސްކޮށްދީފައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަތަން ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގާއިރު ނައުފަލުގެ ހިތްވަރު ވަރަށްވެސް ވަރުގަދައެވެ. އޭނާގެ އަޒުމަކީ ރާއްޖޭގެ އެއްވެސް ހިސާބެއްގައި ފަތަން ނޭނގޭ އެކަކުވެސް ނުބެހެއްޓުމެވެ. އެ އަޒުމަށް ވާސިލްވުމަށް އޭނާދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ނައުފަލު ހުވަދޫމީޑިއާއަށް ބުނީ ކުޅިވަރާއި ފިޓްނެސް އަދި ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިޢު ފެތުންތެރިން އިތުރު ކުރުމަށް ދެއްވާ އެހީތެރިކަން އެއީ އަސްލު ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި، މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމަށެވެ.

ވިސްނައިފި ބަޔަކަށް އިބްރަތެކެވެ. މެދުކެނޑުމެއްނެތި ކުރި މަސައްކަތުން އެތައް ބަޔަކަށް ފަތަން ދަސްކޮށްދީ، މާދަމާވެސް ކަނޑުމަތީ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި(އެފަދަ ކަމެއް މެދުވެރި ނުކުރަައްވާނެތެވެ.) ގެނބުމުގެ ބަދަލުގައި ފަތައިގެން ސަލާމަތްވުމަށް ގާބިލު ދިވެހި ދަރިންތަކެއް ނައުފަލު ވަނީ ތަމްރީނުކޮށް ތައްޔާރުކޮށްފައެވެ. އެކަމަށްޓަކައި ނައުފަލަށް ޝުކުރު ޙައްޤެވެ.

އޯގާތެރިކަމާއި ލޯތްބާއެކު ފަތަން ދަސްކޮށްދިން ކޮންމެ ކުއްޖަކަށް ނައުފަލު އެ ކޮށްދިނީ ހާދަ ހެޔޮކަމެކެވެ.

ހުވަދޫ މީޑިއާއިން އެދެނީ ދުޅަހެޔޮ ސިއްހަތެއްގައި ފަތަންދަސްކޮށްދިނުމުގެ ގާބިލުކަން އަބަދުވެސް ނައުފަލަށް ދެއްވުމެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ކާމިޔާބީއާއި ފަހިކަން ލިބުމެވެ. ނައުފަލް ފަދަ ދިވެހި ދަރިންނަކީ ގައުމަށާއި ދުނިޔެއަށް ހުރި ލާމަސީލު މިސާލެކެވެ. ގައުމު ފަޚުރުވެރިވާފަދަ ދިވެހި ދަރިންގެ ތެރެއިން ދަރިއެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!