ފީފާ ކްލަބް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅުނު މެޗުގައި ޕަލްމެއިރާސް ބަލިކޮށް ޗެލްސީ އިން ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފިއެވެ.
މި މެޗު ޗެލްސީން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ކުރި ހޯދީ މެޗުގެ 16 ވަނަ މިނެޓްގައި ކޯލް ޕާމާގެ ހިތްގައިމު ގޯލަކުންނެވެ.
އެހެންނަމަވެސް، ޕަލްމެއިރާސްއިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 53 ވަނަ މިނެޓްގައި އެ ޓީމުގެ ޒުވާން ތަރި، އެސްޓޭވާއޯ ވިލިއަމްްސް ކާމިޔާބުކޮށްދިން ރީތި ގޯލަކުންނެވެ. ޗެލްސީން މެޗު ކާމިޔާބުކުރި ދެވަނަ ގޯލު ޖަހާފައިވަނީ މެޗުގެ 83 ވަނަ މިނެޓްގައެވެ. މާލޯ ގުސްޓޮ ގޯލުގެ ކުރިމައްޗަށް ނަގައިދިން ހުރަސް ޑިފެންްޑަރުގެ ފައިގައި ޖެހިފަައި ގޮސް ޕަލްމެއިރާސްގެ ގޯލުގެ ތެރެއަށް ވަނީ ބައިކޮޅަށް ވަން މި ގޯލާއެކު، ޗެލްސީގެ ކުޅުންތެރިންނާއި، ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވެއެވެ.
އަންގާރަ ދުވަހު މެޓްލައިފް ސްޓޭޑިއަމްގައި ކުޅޭ ސެމީ ފައިނަލު މެޗުގައި ޗެލްސީ ވާދަކުރާނީ ބްރެޒިލްގެ ޓީމެއް ކަމަށްވާ ފްލޫމިނެންސީއާއެވެ.

