ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކާޖޮލްގެ އެންމެ ފަހުގެ ބިރުވެރި ފިލްމު “މާ” އަށް 25 ކަރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިއްޖެއެވެ.
މަޝްހޫރު ޑައިރެކްޓަރު ވިޝާލް ފޫރިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ ޖޫން 27 މަހުގެ ގައެވެ.
މި ފިލްމު ނެރުނުތާ 8 ދުވަސްތެރޭގަިއ ފިލްމަށް 27.5 ކްރޯޑް ރުޕީސް ލިބިފައިވާއިރު، ހުކުރު ދުވަހު 6 ކްރޯޑް ލިބި ހޮނިހިރު ދުވަހު 7 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. މިއާއެކު އެ ހަފްތާގައި ފިލްމަށް ލިބުނު އާމްދަނީގެ އަދަދު ގާތްގަނޑަކަށް 17.65 ކަރޯޑް ރުޕީސް އަށް އަރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މަޝްހޫރު ޕްރޮޑިއުސަރ އަދި ބަތަލް އަޖޭ ދޭވްގްން ޕުރޮޑިއުސްކޮށްފައިވާ މި ފިލްމުން ދައްކުވައިދެނީ މަންމައެއްގެ އޭނާގެ އަންހެން ދަރިފުޅު ރޫހާނީ ކަންތައްތަކަކުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތްތަކެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރޯނިޓް ރޯއީ، އިންދްރަނެލަ ސެންގުޕްޓާ، ޖިޓިން ގުލައްޓި އަދި ހޭރިން ޝަރްމާ ހިމެނޭއިރު، މި ފިލްމަކީ މި އަހަރު ނެރުނު އާމިރު ޙާންގެ ސިތާރޭ ޒަމީން ޕަރް އަދި އަނަޕާ ފިލްމްތަކަށްވުރެ ކާމިޔާބު ފިލްމެއް ކަމަށް ގިނަ ފޭނުން ވަނީ ސިފަކޮށްފައެވެ.

