ޚަބަރު
ރައީސް ޑރ މުއިއްޒު، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި

އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ދިމާވި ފެންބޮޑުވުމުގެ ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެފައިވެ އެވެ.

އަދި މި ހާދިސާގައި މީހުން ސަލާމަތްކުރުމަށާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބު އެދިވަޑައިގެންފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހާދިސާގެ އަސަރުކުރި ފަރާތްތަކަށް، އަވަސް ފުރުޞަތެއްގައި ކުރީގެ ދިރިއުޅުން އަނބުރާ އިޢާދަކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވަނީ ފާހަގަކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!