ޚަބަރު
އުއްމީދަކީ ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް އައިލެންޑްއޭވިއޭޝަން ހެދުން: ވަޒީރު އަމީން

އައިލޭންޑް އޭވިއޭޝަނަށް މީގެ ކުރިން ލިބުނު ގެއްލުންތައް ފޫބެއްދިފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމާރާތްކުރި އައިލޭންޑް އޭވިއޭޝަންގެ ފުރަތަމަ އިންޖިނިއަރިން ސާވިސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި އައިލޭންޑް އޭވިއޭޝަނަކީ އަމިއްލަ ކެޕޭސިޓީއެއްގައި ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރާނެއެވެ. އަދި މޯލްޑިވިއަން ގައުމީ އެއާލައިންގެ މަގާމަށް ގެނުވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާމު، ޓާގެޓަކީ އައިލެންޑް އޭވިއޭޝަނުގެ ޕީއެންއެލް ޕްލަސް އެހެން ނޫނިއްޔާމު ނެގެޓިވް ފްލޯއަކުން ޕޮޒިޓިވް ފްލޯއަކަށް މިއަހަރު ބަދަލުކުރުން، އުއްމީދަކީ ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް އައިލެންޑްއޭވިއޭޝަން ހެދުން” މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ގެއްލުން ވަރަށް ބޮޑަށް ފޫބެއްދިފައިވެއެވެ. އަދި އުއްމީދަކީ ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި ވަރަށް ބާރަށް ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް އައިލެންޑްއޭވިއޭޝަން ހެދުން ވިދާޅުވިއެވެ.

އައިލޭންޑް އޭވިއޭޝަންގެ އަލަށް ހުޅުވި ސާވިސް ފެސިލިޓީއާއެކު، ރާއްޖެއަށް އަންނަ ގިނަ އެއާލައިންތަކުގެ މެއިންޓަނަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކުންފުނި އަމިއްލަ ކެޕޭސިޓީއަކާއެކު ކުރިއަށް ގެންދެވޭނެ ކުންފުންޏަކަށް ބަދަލުވުމުން މުވައްޒަފުންނަށާއި ކުންފުނީގެ ޕްލޭންތަކަށްވެސް ފަސޭހަކަން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!