ޚަބަރު
ޙަޟާރަތްތަކާ ގުޅޭ ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޗައިނާއަށް!

ޙަޟާރަތްތަކާ ގުޅޭގޮތުން ބާއްވާ 11 ވަނަ ނީޝަން ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަޠީފް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

މި މަހުގެ 9، 10 މި ދެ ދުވަހު، މި ފޯރަމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ފޯރަމް ކުރިޔަށް ދާނީ ޗައިނާގެ ޗޫފޫ ސިޓީގެ ޝެންޑޮންގް ޕްރޮވިންސްގައެވެ.

މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ނީޝަން ފޯރަމްގައި ބައިވެރިވެ މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށާއި، ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ ލީޑަރުންނާއެކު ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއް ކުރެވޭނެކަމަށެވެ.

ފޯރަމްގައި ހަޟާރަތްތައް އުފެދުނު ގޮތާއި ކުރިއަށް އޮތް ތަނުގައި ކުރިއަރާ ދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު، ފޯރަމްގައި އެކި ގައުމުތަކުން 800 އަށް ވުރެ ގިނަ ތަޖުރިބާކާރުންނާއި އިލްމުވެރިން ބައިވެރިވާނެއެވެ.

ނައިބު ރައީސް މިދިޔަ ހަފުތާގައި ސްޕެއިނަށް ކުރެއްވި ދަތުރު ނިންމަވާލައްވައި ރާއްޖެ ވަޑައިގަތީ 6 ވަނަ ދުވަހުއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!