ޚަބަރު
އަހަރު ދެބައިވީއިރު، ދައުލަތުގެ އާމްދަނީ %9.6 މައްޗަށް، ހަރަދުތައް %17.7 ދަށަށް، އަރަނި 600 މިލިއަނަށްވުރެ މަތި

ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ދެކުއާޓަރގައި ދައުލަތަށް ލިބުނު އާމްދަނީ 9.6 އިންސައްތަ އިތުރުވެ، 18.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޖޫން 26 ގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި 14.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ޓެކްސް އާމްދަނީން 895 މިލިއަން ރުފިޔާގެ އަދި ޓެކްސް ނޫން އާމްދަނީން 908 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އާމްދަނީ އިތުރުވަމުންދާއިރު، ދައުލަތުގެ ޚަރަދުތައް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެފައެވެ. މިގޮތުން ޖޫން 26 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 17.9 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ކުރެވުނު 21.8 ބިލިއަން ރުފިޔާގެ ޚަރަދާ އަޅާބަލާއިރު 17.7 އިންސައްތައިގެ ދަށްވުމެކެވެ.

ދައުލަތުގެ ރިކަރަންޓް ޚަރަދުތައް 15.9 ބިލިއަން ރުފިޔާއަށް އަދި ކެޕިޓަލް ޚަރަދުތައް 1.9 ބިލިއަން ރުފިޔާއަށް ދަށްވެފައިވާއިރު، އާމްދަނީ އިތުރުވެ ޚަރަދު ކުޑަވުމުގެ ސަބަބުން، ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ އަދި ޖުމްލަ އަރަނީގެ ގޮތުގައި 628.2 މިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ.

ނަމަވެސް، ލޯނު އަދާކުރުމަށާއި ފައިނޭންސިންގ އަދި އިންޓަރެސްޓަށް ކުރަންޖެހުނު ޚަރަދު 57.6 އިންސައްތަ އިތުރުވެ، 5.2 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، ބަޖެޓު އަރަނީގައި ހިފެހެއްޓިފައިވުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދެމެހެއްޓުމަށް މުހިންމު ކަމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!