ޚަބަރު
އަލްސަންގެ ޖަނާޒާ ބާއްވައިފި؛ ގިނަ އަދަދެއްގެ މީހުން ބައިވެރިވި

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ހ. ވަވޮއި ޔޫސުފް އަލްސަން މުހައްމަދު (އަލް) ގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު އާ ސަހަރާގައި ވަނީ ބާއްވާފައެވެ.

މާފަންނު ބަސް ޓާމިނަލް ކައިރީގައި ހިނގި މި ހާދިސާގައި އަލްސަން ދުއްވި ސައިކަލު ޖެހުނީ މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހެއްގެ ގައިގައެވެ. އެކްސިޑެންޓް ހިނގީ އެ މީހާ ކަފިހިހުރަހުން މަގު ހުރަސްކުރަން އުޅުނު ވަގުތު، ބާރު ސްޕީޑުގައި އައި ސައިކަލުން ނެއްޓެން އޭނާ ކުރިއަށް ދުއްވައިގަތުމުންނެވެ. މި ހާދިސާގައި އަލްސަން ނިޔާވުމުގެ އިތުރުން އިތުރު ދެ މީހަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

އަލްސަންއަކީ ދިވެހި މިއުޒިކް ދާއިރާގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުހައްމަދު އަބްދުލްޣަނީ (ތޭރަ) އާއި މަރިޔަމް އަޝްފާގެ ދަރިފުޅެވެ. މި ޖަނާޒާގައި ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ.

އަލްސަންގެ މޫނު ދުށުމަށާއި އާއިލާއަށް ތައުޒިޔާ ކިޔުމަށް ވަރަށް ގިނަ ބަޔަކު ސަހަރާއަށް ހާޒިރުވިއެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހިމެނެއެވެ. އެ ބޭފުޅުން ވަނީ އަލްސަންގެ މައިންބަފައިންނާއި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!