ފީފާ ކުލަބު ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އިންގްލެންޑުގެ ޗެލްސީ އިން ހޯދައިފިއެވެ.
3-0 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިކޮށް ޗެލްސީ އިން މި މުބާރާތް ކާމިޔާބު ކުރުމާއިއެކު އެ ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި ވަނީ ޖުމްލަ 115 މިލިއަން އެމެރިކާ ޑޮލަރު ލިބިގެންގޮސްފައެވެ.
2021 ވަނަ އަހަރުގެވެސް ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޗެލްސީ ލީޑު ނެގީ މެޗުގެ 22 ވަނަ މިނެޓްގައި ޗެލްސީގެ ކޯލް ޕާމާއެވެ. މި ގޯލް ކޯލް ޕާމާ ކާމިޔާބުކޮށްދިނީ މާލޯ ގުސްޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ފުރަތަމަ ގޯލް ކާމިޔާބު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް މެޗުގެ 30 ވަނަ މިނެޓްގައި ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި ތިރީ ކަނަށް ބޯޅަ އަމާޒުކޮށް އަނެއްކާވެސް ޕާމާ ޗެލްސީގެ ލީޑު 2-0 އަކަށް ފުޅާކޮށްދިނެވެ.
މެޗުގެ 83 ވަނަ މިނެޓުގައި ޕީއެސްޖީގެ ޖޮއާއޯ ނޭވްސް މާކް ކުކުރޭޔާގެ އިސްތަށިގަނޑުގައި ހިފާ ދެމުމުން ރަތް ކާޑެއް ދައްކާ ދަނޑުން ބޭރުކުރުމުން ޕީއެސްޖީ ޕްރެޝަރަށް ވެއްޓިގެން ގޮސްފައިވެއެވެ. ހަމައެއާއެކު، މެޗު ކުރިއަށް ދިޔަ ވަރަކަށް ޕީއެސްޖީ ކުޅުންތެރިންގެ ފައުލްތައް އިތުރުވަމުން ދިޔައެވެ.
ޕްރިމިއާ ލީގުގައި ހަތަރުވަނަ ހޯދައި، ޔޫއެފާ ކޮންފަރެންސް ލީގު ކާމިޔާބުކުރި ޗެލްސީއަށް މިއީ ކްލަބް ވޯލްޑް ކަޕުގެ ތަށި ލިބުނު ދެވަނަ ފަހަރެވެ.

