ޚަބަރު
ސިޔާސީބޭފުޅުންނަށް ރައީސް ޑރ މުއިއްޒުގެ އިލްތިމާސް؛ ބަދަލުހިފުމުގެ ރޫޙު ދޫކޮށްލައްވާ!

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ރާއްޖޭގައި އިހުއްސުރެ އޮތް ހަމަޖެހުމާއި އެކުވެރިކަން އަލުން އިއާދަކުރުމަށްޓަކައި، ސިޔާސީ ލީޑަރުން ރާއްޖޭގައި މިހާރު އާލާވެފައިވާ ބަދަލުހިފުމުގެ ނުބައި ރޫހު ދޫކޮށްލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް އޮފީހުން ގެނެސްދޭ “ރައްޔިތުންނާ އެކު” ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ދިވެހިރާއްޖެއަކީ ހަމަޖެހުން ގާއިމުވެފައިވާ، އެކުވެރި އެއްބައިވަންތަ ރައްޔިތެއް ދިރިއުޅޭ ޤައުމެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.

“އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް ބަދަލުހިފުމާއި ދެކޮޅުވެރިކަން، މިއީ ކުރީގައި ވަރަށް ބޮޑަށް އޮތް ކަމެއް، އެކަން ނެތިގެން ގޮސް ވަރަށް ހަމަޖެހިގެން އުފާވެރި މުޖުތަމައެއްގެ ގޮތުގައި އުޅޭތަން ދެކެން” ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މީހަކު ބަންދުކޮށް ޖަލަށް ނުލާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި މިހާތަނަށްވެސް އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގައި އަށަގަންނަވަންޖެހޭ އާދައެއް ކަމުގައި ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ ބިނާކުރަނިވި ފާޑުކިޔުމަށް އަބަދުވެސް ޖާގަ އޮންނަންވާނެ ކަމަށް ވިދާޅުވެފައެވެ. “އަޅުގަނޑުމެންގެ ތެރޭގައި ބިނާކުރަނިވި ފާޑުކިޔުން އަބަދުވެސް އޮންނަންޖެހޭނެ. ރަނގަޅުކުރަން ހުރި ކަންކަމުގެ ވާހަކަދައްކަންޖެހޭނެ” ކަމަށް ރައީސް ވިދާޅުވިއެވެ.

ތަހުޒީބު ޤައުމުތަކުގެ މިސާލު ދައްކަވަމުން، އެފަދަ ޤައުމުތަކުގައި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ޒާތީ ގޮތުން މީހުންނަށް ގެއްލުންދިނުމާއި މުޑުދާރު ސިޔާސީ އުކުޅުތައް ބޭނުންކުރުން ފަދަ ކަންކަން ނުފެންނަ ކަމަށް ފާހަގަކުރައްވައި، އެފަދަ ނަމޫނާތަކުން ފިލާވަޅު ލިބިގަތުމަށް ސިޔާސީ ލީޑަރުންނަށް ގޮވާލައްވާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!