ޚަބަރު
ކަސްޓަމްސްއާ އަލަށް ގުޅުނު 56 މުވައްޒަފުން ހުވާކޮށްފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ އަލަށް ގުޅުނު 56 މުވައްޒަފުން އިއްޔެ ހެނދުނު ކަސްޓަމްސް ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތެއްގައި ވަޒީފާގެ ހުވާ ކޮށްފިއެވެ. މި މުވައްޒަފުންނަށް މަގާމުގެ ހުވާ ލައިދެއްވީ ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާޒީ އަބްދުﷲ މުހައްމަދު ވަނީ އަލަށް ވަޒީފާއާ ގުޅޭ މުވައްޒަފުންނަށް ނަސޭހަތްތެރިވެ ވަޑައިގެން، “ތެދުވެރިކަމާއި އިހުލާސްތެރިކަމާއި ނަޒާހަތްތެރިކަމާއެކު ރިވެތި އަހުލާގު ދެމެހެއްޓުން” މުހިންމުކަމުގައި އިރުޝާދު ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތުމަތު ދިޔާނާ ވާހަކަފުޅު ދައްކަވަމުން، އަލަށް ހިދުމަތާ ގުޅުނު މުވައްޒަފުންނަށް މަރުހަބާ ދަންނަވައި، މުވައްޒަފުންގެ ޒިންމާތަކާއި ކަސްޓަމްސްގެ މުހިންމު ދައުރުތަކަށް އަލިއަޅުވާލެއްވިއެވެ. އަދި އިތުރަށް، “ފަހުރުވެރިކަމާއި ވިސްނުންތެރިކަމާއި އިހްލާސްތެރިކަމާއެކު ހިދުމަތްކުރުމަށް” ގޮވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ކަސްޓަމްސްއިން ވަނީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު 164 އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަގާމަށް އިއުލާނު ކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!