ޚަބަރު
ކަރީމްބެ އަވަހާރަވުމުގެ ހިތާމައިގަ ޢާއިލާއަށް ރައީސް ތަޢުޒިޔާ ދަންނަވައިފި

ސިއްހީ ދާއިރާއަށް 47 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ޚިދުމަތްތެރިޔާ އަބްދުލްކަރީމް އާދަމް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

1961 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ޖުލައި 16 އާ ހަމައަށް ސިއްހީ ދާއިރާގައި ޚިދުމަތްކުރެއްވި އަބްދުލްކަރީމް ވަނީ އެ ދާއިރާގެ އެކި މަޤާމުތަކުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ހެލްތު އެސިސްޓެންޓްކަމާއި، ކެއްސުން ބައްޔާ ބެހޭ ހެލްތު އެސިސްޓެންޓްކަމާއި، ފައިލޭރިއާއާ ބެހޭ ސީނިއަރ ހެލްތު އެސިސްޓެންޓްކަން ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް މަޤާމުތައް ފުރުއްވާފައިވެއެވެ.

އަބްދުލްކަރީމަކީ ހޮލެންޑުގެ ޑޮކްޓަރުންގެ ޓީމަކުން ރާއްޖޭގައި ހިންގި ހެލްތު ވޯކަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފުރިހަމަކުރެއްވުމަށްފަހު ސިއްހީ ދާއިރާއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. އޭގެފަހުން އިންޑިޔާއާއި ތައިލެންޑުން ކަމާ ގުޅުންހުރި އިތުރު ތަމްރީނުތައްވެސް ހާސިލުކުރައްވާފައިވެއެވެ.

ގައިންގައަށް އަރާ ނުރައްކާތެރި ބަލިތަކުގެ ތެރެއިން ޓީބީއާއި ފައިލޭރިއާ އަދި ލެޕްރަސީ ފަދަ ބަލިތަކަށް ފަރުވާދިނުމުގައި އެކި އަތޮޅުތަކުގައި ހަތަރު އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވެއެވެ. މީގެއިތުރުން، މާލޭގެ ގެދޮރުގެ ވަޅުތަކަށް ކްލޮރިން އެޅުމާއި، ބޯފެން ޓެސްޓުކުރުމާއި، ކޮލެރާ ވެކްސިން ދިނުމާއި، ހޮޓާ ރެސްޓޯރަންޓުތަކުގެ ސާފުތާހިރުކަން ބެލެހެއްޓުން ފަދަ މުހިންމު މަސައްކަތްތައްވެސް ކުރައްވާފައިވެއެވެ.

އަބްދުލްކަރީމްގެ ޚިދުމަތްތަކުގެ ތެރޭގައި ރާއްޖެއިން ޔޫރަޕަށް އެކްސްޕޯޓްކުރާ ކަންނެލީގެ ފެންވަރު ކަށަވަރުކުރުމާއި، އަލަށް އެތެރެކުރާ ބޭސް ޓެސްޓުކޮށް ހުއްދަ ދިނުމުގެ މަސައްކަތްވެސް ހިމެނެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!