ޚަބަރު
ތިލަމާލެ ބްރިޖުގެ ކޮލިޓީ ކޮންސަލްޓަންޓުގެ އެއްބަސްވުން ބާތިލުކުރި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ “ތިލަމާލެ” ބްރިޖުގެ ކޮލިޓީއަށް ޔަގީންކަން ދެމުން ދިޔަ މިނިވަން ކޮންސަލްޓަންޓު، އަރޫޕްގެ އެއްބަސްވުން ސަރުކާރުން ބާތިލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވަނީ ދޮގުކޮށްފައެވެ.

ބައެއް މީޑިއާތަކުން ކުރަމުންދާ ތުހުމަތުތަކުގައި، ތިލަމާލެ ބްރިޖުގެ ކޮލިޓީ ކަށަވަރުކުރަމުންދާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ބާތިލުކޮށް، އެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރިކަމުގެ ނޯޓިސް ފޮނުވާފައިވާ ކަމަށް ބުނެފައިވެއެވެ. މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވެފައިވަނީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

މިނިސްޓްރީ އޮފް ހައުސިންގ އިން މި މަހުގެ 1 ވަނަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ތިލަމާލެ ބްރިޖުގެ ހުރިހާ ތަނބުތަކެއް ޖަހައި، މުޅި މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބާކީ ހުރި މަސައްކަތްތައްވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މަޝްރޫޢުގެ ތަފްސީލު
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ އަގުގައި، އިންޑިއާގެ ލޯނު އަދި ހިލޭ އެހީގެ ދަށުން ކުރިއަށްދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން އެޅޭ ތިން ބްރިޖަކީ:

  1. މާލެއާއި ވިލިމާލެ ގުޅާލާ ބްރިޖު
  2. ވިލިމާލެއާއި ގުޅީފަޅު ގުޅާލާ ބްރިޖު
  3. ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖު

މަޝްރޫޢުގެ “އޭ” ސެކްޝަން (މާލެއިން ގުޅީފަޅާ ހަމައަށް) 2026 ވަނަ އަހަރުގެ މާޗު 31 ގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާއިރު، “ބީ” ސެކްޝަން (ގުޅީފަޅުން ތިލަފުއްޓާ ހަމައަށް) 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ގެ ކުރިން ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!