ޚަބަރު
މަސްވެރިކަމުގެ އުފެއްދުންތަކަށް ޚާއްޞަ ޤައުމީ އައު ބްރޭންޑް، “ފްރޮމް މޯލްޑިވްސް” ތަޢާރަފުކޮށްފި

ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ބައިނަލްއަޤްވާމީ މައިދާނުގައި ފާހަގަކޮށް، ދިވެހި މަހުގެ އުފެއްދުންތަކުގެ އަގު މަތިކުރުމަށް “ފްރޮމް މޯލްޑިވްސް” ގެ ނަމުގައި އައު ޤައުމީ ބްރޭންޑެއް ދިވެހި ސަރުކާރުން ތަޢާރަފުކޮށްފިއެވެ.

އިނގިރޭސި ވިލާތުގައި ބޭއްވުނު ޔޫކޭ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި މި ބްރޭންޑް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ބްރޭންޑްގެ ލޯގޯގައި ފާހަގަކޮށްލެވެނީ ރާއްޖޭގެ މަސްދޯނިފަހަރުގެ ބައްޓަމާއި، މަހުގެ އުފެއްދުންތަކާއި އަދި ޤުދުރަތީ މުއްސަނދިކަން ރަމްޒުކޮށްދޭ ޚާއްޞަ ޑިޒައިނެކެވެ.

މި ބްރޭންޑުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ތަފާތު އެތައް ސިފައެކެވެ. އޭގެ ތެރޭގައި ތިމާވެށްޓާ ރައްޓެހި އުފެއްދުންތަކަކަށްވުމާއި، ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވުމާއި، އިޖްތިމާޢީ ބައިވެރިވުން ހިމެނޭ އަދި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭ ސިނާޢަތެއްގެ ގޮތުގައި ފާހަގަކޮށްދިނުން ހިމެނެއެވެ.

މި ބްރޭންޑަކީ މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ އުފެއްދުމެކެވެ. މި ބްރޭންޑް މެދުވެރިކޮށް ރާއްޖޭގެ މަހުގެ އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިވެގެންދާނެއެވެ.

މި ބްރޭންޑް ތަޢާރަފުކުރުމަކީ ކަނޑުގެ ވަޞީލަތްތަކުން ދިވެހިންނަށް ލިބޭ ނަފާ އިތުރުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ. އަދި މިއީ އަގުއެއްކުރި މަހާއި މަހުގެ އުފެއްދުންތައް ރާއްޖޭގައި ތައްޔާރުކޮށް، ބަންދުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބިގެންދާނެ ހިތްވަރެއް ކަމުގައިވެސް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!