ޚަބަރު
މިނިވަން 60ގެ ގިނަ ހަރަކާތްތަކެއް ތިން ދުވަހަށް ބަހާލައިގެން ކުރިޔަށް ގެންދަނީ

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ގިނަ ހަރަކާތްތަކެއް ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.

މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ.

މިނިވަން ދުވަހުގެ ހަރަކާތްތައް މިމަހުގެ 26 އިން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާނެކަމަށެވެ. މިގޮތުން މިހަރަކާތްތަކުގެ ތެރެއިން ފުރަތަމަ އޮންނާނީ ޖުލައި 26 ވަނަ ދުވަހު ހެނދުނު 6:00 ޖަހާއިރު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެވެ.

އެދުވަހުގެ ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހަރަކާތް ޖުލައި 28 ވަނަ ދުވަހުގެ ރޭ 8:30 ގައި ބާއްވާގޮތަށް ވަނީ ނިންމަވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!