ޚަބަރު
އެމްއޭސީއެލްގެ އައު ޓަރމިނަލް ހުޅުވުމުގެ މޭސްތިރިއަކީ ރައީސް މުއިއްޒު: އެމްޑީ ޝަރީފް

“މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް” އެމްއޭސީއެލްގެ އައު ޓަރމިނަލް ހުޅުވުމުގެ މޭސްތިރިއަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަަމަށް އެ ކޮމްޕެނީގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީ މިފަދައިން ވިދާޅުވެފައިވަނީ އައު ޓަރމިނަލްގައި ދައުލަތުގެ މީޑިއާއަށް ދިން އިންޓަރވިއުއެއްގައެވެ.

އެމްޑީ ޝަރީފް ވިދާޅުވީ ރައީސް ޓްރާންސިޝް ޕީރިއަޑްގައި އެންމެ ފުރަތަމަ ޒިއާރަތް ކުރެއްވި މަޝްރޫއަކީ އައު ޓަރމިނަލްގެ މަޝްރޫ ކަމަށާއި، އަދި އެ ޒިޔާރަތްކުރެއްވި ދުވަހުން ފެށިގެންވެސް ރައީސް އެންމެ އިސްކަމެއް ދެއްވާފައިވާ މަޝްރޫއަކީ އައު ޓަރމިނަލް މަޝްރޫ ކަމަށެވެ. އަދި އެ މަޝްރޫގެ މޭސްތިރިއަކީ ރައީސް ކަމަށެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުހައްމަދު ދައުލަތުގެ މީޑިއާއަށް އިންޓަރވިއު ދެއްވަނީ

އެމްޑީ ޝަރީފް ވިދާޅުވީ އެމަނިކުފާނަކީ މިވަގުތު މިތަން ލީޑުކުރާ މީހާ ވީނަމަވެސް އެމަނިކުފާނުގެ ފަހަތުގައި އެތައް މުވައްޒަފުންނެއް އޮހޮރުވައިފައިވާ ދަލާއި، ކުރި ބުރަ މަސައްކަތްތައް ފާހަގަ ކުރާ ކަމަށެވެ.

ޓަރމިނަލް ހުޅުވައި މިކަމުގެެ މަންފާ ލިބުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދައް ކުރާނެ ފައިދާއާއި ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލިބޭނެ ފަސޭހަތަކާއި، ޓްވަރިޒަމް އިންޑަސްޓްރީއަށް ލިބޭނެ ކުރިއެރުމާއި، މި ކަންތައްތަކަށް ވިސްނާ ނަޒަރު ހިންގާލާއިރު ވަރަށް ފޮނި ހިހްސާސްތަކެއް ކުރެވޭ ކަމަށް އެމްޑީ ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޓަރމިނަލް މަޝްރޫ އާއި ހަވާލުވިއިރު ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، އެގޮތުން ފައިސާ ލިބުމުގެ ދަތިކަން ވެސް ހިމެނޭ ކަމަށް ވަނީ އެމްޑީ ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!