ޚަބަރު
އިއްޔެކުރި ވިއްސާރައިގައި މުރައިދޫގެ 3 ގެއަކަށާއި ކައުންސިލު އިދާރާއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

އިއްޔެ ހަވީރު ކުރި ވިއްސާރައިގައި ހއ. މުރައިދޫގެ ތިން ގެއަކާއި ކައުންސިލް އިދާރާގެ ފުރާޅު އެއްލާލައި، އެތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވި ގޮތުގައި، ގެއްލުން ލިބުނު ދެ ގެއެއްގެ ފުރާޅު ވަނީ ރަށު ކައުންސިލާއި ރައްޔިތުންނާއި ފުލުހުންނާއި އެމްޓީސީސީގެ އެހީތެރިކަމާއެކު ވަގުތީގޮތުން ހިޔާކޮށް، މީހުންނަށް ނިދޭނެ ޙާލަތަކަށް ގެނެވިފައެވެ.

މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ޕީއެސްއެމް ނިއުސްއަށް ވިދާޅުވި ގޮތުގައި، ކައުންސިލް އިދާރާގެ އިމާރާތަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ އެ އިދާރާގެ މީޓިން ރޫމަށެވެ. އެގޮތުން ކައުންސިލް އިދާރާގެ ސީލިންގު ހަލާކުވެ، މީޓިން ރޫމްގައި ހަރުކޮށްފައި ހުރި ޓީވީއަށްވެސް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް ކައުންސިލު ރައީސް ވަނީ ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވި ގޮތުގައި، ކައުންސިލްގައި އިދާރީ މަސައްކަތް ކުރެވޭ ހާލަތަށް ގެނެވުނުހާ އަވަހަކަށް، ގޭގެއަށް ލިބުނު ގެއްލުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ރިޕޯޓްކޮށް، އޮންނަ އުޞޫލުގެ ތެރެއިން ސަރުކާރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

މި ދުވަސްވަރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވުމުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް އެކި ރަށްރަށަށް ވަމުންދާއިރު، މާލެއާއި ހުޅުމާލޭގައިވެސް ގަދަ ވަޔާއެކު ގަސްތައް ވެއްޓި، މަގުމަތީގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށާއި ފެންސުތަކަށް ގެއްލުން ވެފައިވެއެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ބަސް ސްޓޭންޑެއްވެސް ވަނީ ވަޔާ އެއްލާލާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!