ޚަބަރު
އައު ޓާމިނަލް ހުޅުވަން 5 ދުވަސް؛ ހުޅުވާއިރު ވައިގެ ސަރަހައްދު ދޮޅުގަޑިއިރަށް ބަންދު ކުރާނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލް ހުޅުވުމުގެ ހަރަކާތްތައް މާލެ ސަރަހައްދުގައި ބާއްވާ ވަގުތާ ދިމާކޮށް އެއާޕޯޓުގެ ވައިގެ ސަރަހައްދު ދޮޅުގަޑިއިރަށް ބަންދުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ނިންމައިފިއެވެ.

އެމްއޭސީއެލްއިން މިކަން އިއުލާނު ކުރަމުން ބުނެފައިވަނީ އާ ޓާމިނަލް ހުޅުވާ ރޭ 8:30 އިން ފެށިގެން 10:00 އާ ހަމައަށް ވީއައިއޭގެ ވައިގެ ސަރަހައްދު ބަންދުކުރެވޭނެ ކަމަށެވެ. މި ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 26 ވަނަ ދުވަހުއެވެ. އެމްއޭސީއެލްއިން ވަނީ މި ޓާމިނަލް ހުޅުވުމަށް ވަރަށް ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް ހުޅުވުމަށް ތައްޔާރުވަމުންދާ މި ޓާމިނަލަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ސިނާއަތުގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ފާހަގަކުރެވެއެވެ. އެމްއޭސީއެލްއިން މިހާރު ދަނީ އެއާޕޯޓު ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ފުރިހަމަކުރަމުންނެވެ.

މި އާ ޓާމިނަލަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ މަޝްރޫއެއް ކަމަށް ބެލެވެއެވެ. އަދި މިއީ ޒަމާނީ ފެންވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެންމެ ބިޔަ އަދި އެންމެ މުހިންމު އެއް މަޝްރޫއެވެ.

ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު މި ޓާމިނަލް ހުޅުވިގެން ދިޔުމަކީ ދިވެހިރާއްޖޭގެ މުޅި އިގްތިސާދަށް، ޚާއްސަކޮށް ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނުވާނެ ކަމެއް ކަމަށް ބެލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!