ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންއިން ފުރަތަމަ ފަހަރަށް ޢުމްރާ ދަތުރުތައް މިއަދު ފަށައިފިއެވެ. މި ދަތުރުތަކުގައި އުމްރާއަށް ދަތުރުކުރާނީ ހައްޖު ކޯޕަރޭޝަނާއި ދަ ޓްރެވެލަރ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ މީހުންނެވެ.
މޯލްޑިވިއަންއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މިމަހު 750 އަށް ވުރެ ގިނަ ޢުމްރާވެރިން އެ އެއަރލައިނުން އުމްރާއަށް ގެންދާނެއެވެ. އަދި މި ދަތުރުތައް ފަށާފައިވަނީ ގިނަ އަދަދެއްގެ ޢުމްރާ ކުންފުނިތަކަކުން ޢުމްރާ ދަތުރުކޮށްދިނުމަށް އެދިފައިވާތީއެވެ.
މޯލްޑިވިއަން ގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި އުމްރާ ދަތުރުތައް އޮންނާނީ މިމަހުގެ 22 ވަނަ ދުވަހާއި 27 ވަނަ ދުވަހުއެވެ. އަދި މި ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް ވައިޑް-ބޮޑީ މަތިންދާބޯޓެވެ.
މޯލްޑިވިއަންއިން އުމްރާ ދަތުރުތައް ފަށާފައިވާއިރު، ފާހަގަކޮށްލެވެނީ މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ހައްޖާޖީން ސައުދީ އަރަބިއާއަށް ގެންދިއުމަށްވެސް އެ އެއަރލައިނުން ދަތުރުތައް ބާއްވާފައިވާކަމެވެ. މިއީ ރާއްޖޭގެ ޤައުމީ އެއަރލައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އުމްރާ ދަތުރުތައް ފެށުމެވެ.
މި ދަތުރުތައް ފެށުމާއެކު، ރާއްޖޭގެ ރައްޔިތުންނަށް އުމްރާއަށް ދިއުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދާނެކަމަށް ބެލެވެއެވެ. އަދި މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާއަށް ލިބިގެންދާ އިތުރު ކުރިއެރުމެއްކަމަށްވެސް ފާހަގަކުރެވެއެވެ.