ޚަބަރު
ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ރައީސް އަންގަވައިފި، ޖުމުލަ 806 ދަރިވަރުން!

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

މި އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހު ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، 1338 ދަރިވަރުން ވަނީ ލޯނަށް އެދި ހުށަހަޅާފައެވެ. މީގެ ތެރެއިން 806 ދަރިވަރުންނަކީ ލޯނުގެ ޝަރުތުތައް ފުރިހަމަވާ ދަރިވަރުންނެވެ. ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް މިހާރު ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިއުކޮށްފައެވެ.

ރައީސް މުއިއްޒު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި އަހަރު ލޯނު ސްކީމަށް ކުރިމަތިލައި ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް އަންގަވާފައިވާ ކަމަށެވެ.

މި ނިންމުން މި އައީ ސްޕެއިންގައި ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުންތަކެއް މާލީ ދަތިތަކާ ކުރިމަތިލާންޖެހި، އެކަން ހައްލުކޮށްދިނުމަށް އެދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ސިޓީ ފޮނުވުމަށްފަހުގައެވެ. “ވިސާ ހޯދުމުގައި ދިމާވާ ދަތިތަކާއި، އެކަށީގެންވާ ސްޓައިޕެންޑެއް ނުލިބުމާއި، ކޯހުގެ މުއްދަތު ލޯނު ދޭ މުއްދަތަށްވުރެ އިތުރުވުން” ފަދަ މައްސަލަތަކާ ދަރިވަރުން ކުރިމަތިލާންޖެހިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފާހަގަކުރައްވާފައިވާ ގޮތުގައި، ބާސެލޯނާގައި ޕައިލެޓްކަން ކިޔަވާ ބައެއް ދަރިވަރުންނަށް ލޯނު ފައިސާ ނުލިބުމުގެ ސަބަބުން ކޯސް ފީ ނުދެއްކިގެން ކޯހުން ވަކިކުރަން ޖެހިފައިވެއެވެ. މި މައްސަލަ ހައްލުކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަޙްމަދު ވަނީ ދަރިވަރުންނާ ބައްދަލުކޮށް، އެ މައްސަލަ ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!