ޚަބަރު
ޅޮހީގެ ތަރައްޤީއަށް ރައްޔިތުން އެދިލެއްވި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް، މާ ލަހެއްނުވެ ނިންމަވައިދެއްވާނަން: ރައީސް

ނ. ޅޮހީގެ ތަރައްޤީއަށްޓަކައި ރައްޔިތުން އެދިވަޑައިގެންނެވި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް، މާ ލަހެއް ނުވެ ފަށައި އެކަންކަން ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން، އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ރަށްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ، އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ހިމެނޭ ނ. ޅޮއްސަށްް މިއަދު ހެނދުނު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެރަށުގެ ރައްޔިތުން މިއަދު އެދިވަޑައިގެންނެވި ކަންކަމުގައި ޢަމަލީ ސިފަޖައްސަވައި ދެއްވައި، އެ ހުރިހާކަމެއް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ މިހާރު ހިނގަމުންދާ ރަށުގެ ބަނދަރުގެ މަޝްރޫޢެވެ. އެގޮތުން، އެންމެ އެދެވޭގޮތުގައި ހުރިހާ މޫސުމެއްގައި ފުރިހަމައަށް ބަނދަރު ބޭނުންކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ، ކަމުގެ ފަންނީލަފައާއެކު، ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް، ދިގުމުއްދަތަކަށް ބަނދަރުގެ ބޭނުންހިފޭނެގޮތަށް އެ މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ތަރައްޤީގެ ގިނަ މަޝްރޫޢޫތަކެއްގައި ވަރަށް އަވަހަށް ސޮއިކުރެވި، ޢަމަލީ މަސައްކަތްތައް ފެށޭނެކަމުގެ ޔަޤީންކަން ދެއްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ނ. ޅޮހީ ޞިއްޙީ މަރުކަޒަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ދެވޭގޮތަށް ޢިމާރާތް އެޅުމަށް ބަޔަކާ ޙަވާލުކޮށް މިއަހަރުގެ ފަހުކޮޅު ޢަމަލީ މަސައްކަތް ފެށޭނެކަމަށް ވިދާޅުވިއެވެ. ހަމަމިއާއެކު، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް ފުރިހަމަވެފައިވާ ޢިމާރާތެއް އެޅުމުގެ މަޝްރޫޢެއް އަންނަ އަހަރު ފެށޭނެކަމުގެ ޔަޤީންކަންވެސް އެ މަނިކުފާނު ދެއްވިއެވެ.

ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމޫހޫރިއްޔާ ވަނީ، މިއަދު އެ ރަށުގައި އިފްތިތާޙުކުރެއްވި ފިޓްނަސް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯރ ޖިމްގެ މަސައްކަތްތަކަށް އިޝާރާތްކުރައްވާފައެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ފުޓްބޯޅަ ދަނޑުގައި ބޮކިޖަހައި، ރޭގަނޑު ކުޅެވޭނެގޮތަށް، ވޮލީކޯޓެއްވެސް އަޅުއްވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަމިއާއެކު، ނ. ޅޮހީގައި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ރާޅާއަޅާ ސަރަޙައްދެއް ހެދުމުގެ އިތުރުން ރަށުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރައްވާނެ މަގުހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް މާ ލަހެއް ނުވެ ފެށޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވަނީ ޅޮހީގެ ތަރައްޤީއަށް ބޭނުންވާ ކޮންމެކަމެއްގައި ސަރުކާރުން އެއްބާރުލުންދީ ތަރައްޤީގެ ކަންކަން ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!