ްހުޅުމާލެއިން ގަވައިދާ ހިލާފަށް އުޅުނު 3 ބިދޭސީން އަތުލައިގަނެފިއެވެ.
ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ވަނީ ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 އަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ޖުމްލަ 10 ފަރާތެއް ޗެކްކޮށްފައިވާ ކަމަށާއި، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 3 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.