މިއަދު ރާއްޖެ ވަަޑައިގެން އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ސަރުކާރުން ރަސްމީކޮށް މަރުހަބާ ކިޔައިފިއެވެ.
އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުގެ ސަރަހައްދުގައެވެ.
މޯދީއަށް މާލެއިން އިސްވެ މަރުހަބާ ދެންނެވީ ވެސް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި މިނިސްޓަރުންނާއި ދިވެހި ސަރުކާރުގެ އެހެން އިސްވެރިން ވަނީ މޯދީއަށް މަރުހަބާ ވިދާޅުވުމަށް ޖުމްހޫރީ މައިދާނަށް ވަޑައިގެން ތިއްބެވިއެވެ.

ރާއްޖެ ވަަޑައިގެން އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ސަރުކާރުން ރަސްމީކޮށް މަރުހަބާ ކިޔައިފި
އިންޑިއާގެ ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒަށާއި، ވަޒީރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުންތަކުގައި، ދެ ޤައުމުގެ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މާލެއަށް މޯދީ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ސްކޫލް ކުދިންގެ ނެށުމެއް ހުށައަޅާދީފައެވެ. އަދި 21 ބަޑީގެ ސަލާމަކާއި ގާޑް އޮފެ އޮނާއެއް ވަނީ އަރުވާފައެވެ.
މޯދީއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާން އޮތީ ވަރަށް ބޮޑަށް ޒީނަތްތެރި ވެސް ކޮށްފަ އެވެ. އެ ސަރަހައްދުގައި ވެސް ވަނީ މޯދީގެ ފޮޓޯފުޅާއި އެ ގައުމުގެ ދިދަ އާއި ގިޑިގެ ހަރުކޮށްފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. މިއީ އެމަނިކުފާނު ތިންވަނަ ފަހަރަށް އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރާއްޖެ ވަަޑައިގެން އިންޑީއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ސަރުކާރުން ރަސްމީކޮށް މަރުހަބާ ކިޔައިފި
ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތްތައް ބައްލަވާލެއްވުމަށް ފަހު، މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް މޯދީ ވަޑައިގަތީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި ހެވިކަމުގެ ލަޝްކަރީންނާ އެކުގައެވެ.
މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

