ޚަބަރު
އިސްދޫގައި އިސްރަށްވެހިންނަށް ޚާއްޞަ ލައިސަންސެއް ދޫކުރަން ފަށައިފި

ލ. އިސްދޫގައި އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވިފައިވާ ލައިސަންސެއް ރަސްމީކޮށް ތަޢާރަފުކޮށް ދޫކުރަން ފަށައިފިއެވެ.

މި ލައިސަންސަކީ އިސްރަށްވެހިންގެ ދަތުރުފަތުރާއި އެހެނިހެން ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގަތުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ތަޢާރަފުކުރެވުނު ޚާއްޞަ ލައިސަންސެކެވެ.

މި ލައިސަންސަކީ އުމުރުން 60 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ބައެއް އުޅަނދު ދުއްވޭ ގޮތަށް ދޫކުރެވޭ ޚާއްޞަ ހުއްދައެކެވެ. މި ހުއްދައާއި ގުޅިގެން މިހާރު ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލް ނުވާނެއެވެ. އަދި އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބޭނުންކުރުމަށާއި އަދި އާންމު އުސޫލުގެ ތެރެއިން ދޫކުރާ ލައިސަންސް ނެގުމަށާއި އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަޙައްދެއްގައި ދުއްވުމަށް 60 އަހަރު ފުރިފައިވާ ފަރާތްތަކަށްވެސް ހުރަހެއް ނޯންނާނެއެވެ.

މި ހުއްދަ ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ، އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގަވާއިދުގައި ބަޔާންކުރާ އިމްތިހާނުތައް ފުރިހަމަ ކުރުމަކާއިނުލައި، އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ އުމުރުން 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް އަތޮޅުތެރޭގެ ރަށްރަށުގައި މި ހުއްދައިގެ ދަށުން ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް ގަވާއިދުގެ ތެރެއިން ފަސޭހަކޮށްދީ މަގުފަހިކޮށްދިނުމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!