އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ރައީސުލްޖުމްހުރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފްއާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި މުހިއްމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
ރާއްޖޭގެ މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެވަޑައިގަތުމަށް މޯދީ ރާއްޖެ ވަޑައިގަތީ އިއްޔެއެވެ.
މޯދީ ރާއްޖެ ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިން މުހިއްމު އަށް ފަހުމުނާމާއެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.
ދިވެހިރާއްޖެއާއި އިންޑިޔާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފެށުމާ ގުޅޭ ފަހުމުނާމާއަކާއި، 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖެއްސުމުގެ ފަހުމުނާމާގައި ސޮއިކުރައްވާފައިވެއެވެ.
ފާމަކޯޕިއާ ދާއިރާއިން އެއްބާރުލުންދީ އަގުހެޔޮކޮށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ފަހުމުނާމާއެއްގައި ވެސް ސޮއިކުރައްވާފައިވެއެވެ.
އިންޑިޔާގެ މެދުގައި ބޯޑަރު ހުރަސްކޮށް ރެމިޓެންސް ފޮނުވުން ފަސޭހަކުރުމާ ގުޅޭ ފަހުމުނާމާއެއްގައި އެމްއެމްއޭއާއެކު ސޮއިކުރައްވާފައިވެއެވެ.

