ޚަބަރު
ބޮޑުވަޒީރު މޯދީ, މަޖިލީހުގެ ރައީސް އަބްދުއްރަހީމާ ބައްދަލުކުރައްވައިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ އާއި ބައްދަލުކުރައްވައިފިއެވެ.

ބޮޑުވަޒީރު މޯދީއާއި އަބްދުއްރަހީމް ބައްދަލުކުރެއްވީ މޯދީ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގައި ހުންނެވި ކުރުނބާ އައިލެންޑް ރިސޯޓުގައެެވެ.

ބޮޑު ވަޒީރު ނަރެންދްރް މޯދީގެ ރަސްމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރާއްޖޭގެ މަޖިލީހުގެ ރައީސާއި ބައްދަލު ކުރައްވާ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދުއޮތް އެކުވެރިކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަން ހާމަކޮށްފައެވެ.

އިތުރަށް މޯދީ ފާހަގަކުރެއްވީ އަބްދުއްރަހީމުގެ ރިޔާސަތުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންޑިޔާ-މޯލްޑިވްސް ޕާލިމަންޓްރީ ފްރެންޑްޝިޕް ގުރޫޕް އުފެދިފައި އޮތުމަކީ ދެ ގައުމުގެ ގުޅުމަށް އެޅިގެންދިޔަ ރަނގަޅު ފިޔަވަޅެއް ކަމުގައެވެ.

ރާއްޖޭގައި ކެޕޭސިޓީ ބިލްޑިންގއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާއިން ދެމިއޮންނާނެކަމަށް ބޮޑު ވަޒީރު މޯދީ ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ގާތް ގުޅުމާމެދު މޯދީ ދެއްކެވި ވާހަކަފުޅުތަކަށާއި ދެ ގައުމުގެ ބަރުލަމާނުގެ މެދުގައި އެއްބާރުލުންދިނުން ކުރިއަށްގެންދަވާނެ ކަމުގައި ވިދާޅުވީތީ އެކަމަށްވެސް ޝުކުރު އަދާކުރެއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!