“ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް” އެފްއޭއެމްގެ ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު ޓޮމް އިންތިހާބުކޮށްފިއެވެ.
މި މަގާމަށް ތާރިގު ހޮވީ އިއްޔެއެވެ. އެއީ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވި ހުރިހާ ކުލަބުތަކެއްގެ އިއްތިފާގުންނެވެ.
އިންތިހާބުގައި ތާރިގާ ވާދަކުރަން އެއްވެސް ކެންޑިޑޭޓަކު ހުށަހަޅާފައި ނުވެއެވެ. އެހެންކަމުން އޭނާ ރައީސް ކަމަށް އިންތިހާބުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 23 ކުލަބުގެ ފުރިހަމަ ތާއީދާއެކުއެވެ.
އާ ގަވާއިދު ފާސްކުރީ މިދިޔަ ޖޫން 26 ވަނަ ދުވަހުއެވެ.

