ޚަބަރު
ދުނިޔޭގެ ފިއްތުންތަކުގެ ސަބަބުން، އެންމެފަހުން ޣައްޒާއަށް އެހީ ވައްދަން ފުރުޞަތު ދީފި

ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ ދެ މިލިއަނަށް ވުރެ ގިނަ ރައްޔިތުން ބަނޑަށް ޖައްސައިގެން، ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން، ދުނިޔޭގެ ފިއްތުންތައް ކުރިމަތިވުމުން، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން ދީފިއެވެ.

ޣައްޒާގައި އެތައް މިލިއަން މައުސޫމު ރައްޔިތުން ހައިހޫނުކަމުގައި ޝަހީދުވަމުންދިޔުމުގެ ކަންބޮޑުވުމުގެ އަޑުތައް ގަދަވުމާ ގުޅިގެން، ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ ބައެއް ސަރަޙައްދުތަކުގައި ޙަމަލާތައް މެދުކަނޑައިލާނެ ކަމަށް އިޢުލާނުކޮށްފައެވެ. މި ގޮތުން ޣައްޒާގެ ތިން ސަރަޙައްދެއްގައި 10 ގަޑިއިރަށް ޙަމަލާތައް މެދުކަނޑައިލެވޭނެ ކަމަށާއި، ހެނދުނު 6:00 އިން ރޭގަނޑު 11:00 އާ ހަމައަށް އެހީ ވެއްދުމުގެ މަގުތައް ހުޅުވާލެވޭނެ ކަމަށް ބުނެފައިވެއެވެ.

މިޞްރުގެ ރެޑް ކްރެސެންޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އާދީއްތަ ދުވަހު 1،200 މެޓްރިކް ޓަނަށް ވުރެ ގިނަ ކާބޯތަކެތީގެ އެހީ އުފުލާ 100 އަށް ވުރެ ގިނަ ޓްރަކު، ޣައްޒާގެ ދެކުނަށް ފޮނުވަމުންދެއެވެ. މިޞްރުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް، އެހީގެ ސާމާނު ހިފައިގެން ޣައްޒާގެ ދެކުނަށް ލޮރީތައް ވަދެމުންދާ މަންޒަރުތައް މިޞްރުގެ މީޑިޔާތަކުން ވަނީ ދައްކުވައިދީފައެވެ.

ފާއިތުވި ދުވަސްތަކުގައި ޣައްޒާގައި ކާޑުބަލިޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ޣައްޒާގެ ސިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން، ކާޑުބަލި ޖެހިގެން ޝަހީދުވި 127 މީހުންގެ ތެރޭގައި، 85 ކުޑަކުދިން ހިމެނެއެވެ.

ނަމަވެސް، އެހީ ވެއްދުމުގެ ފުރުޞަތު ދިނުމަށް ޙަމަލާތައް މެދުކަނޑައިލި ނަމަވެސް، ޣައްޒާގައި ހިންގާ އަސްކަރީ ޙަރަކާތްތައް މުޅީން ނުހުއްޓޭނެ ކަމަށް ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ އިންޒާރުދީފައެވެ. މި ފުރުޞަތު ދިނީ، ޣައްޒާގައި ޙަމަލާތައް މެދުކަނޑައިލުމަށް ޔަހޫދީންނާއި ޙަމާސް ޖަމާޢަތާ ދެމެދު ކުރެވުނު މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބި، ހުއްޓުމާ ގުޅިގެންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!