ޚަބަރު
ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން މިނިވަން 60 ކުލަގަދަކޮށް ފާހަގަކޮށްފި

ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގެ ގޯތި ތެރޭގައި ބޭއްވި ހަފްލާގައި ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހި އާއިލާތަކުން ބައިވެރިވެފައިވާއިރު، މި ހަވީރުގައި ދިވެހި ސަގާފީ ކުޅިވަރުތަކާއި ކުޑަކުދިންނާ ގުޅޭ ތަފާތު މަޖާ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ހަފުލާގައި ސަގާފީ ނެށުންތަކާއި ބޮޑުބެރުގެ އައިޓަމްތައް ހުށައަޅައިދިނީ ކޮޅުނބުގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ ކުރީގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުންނެވެ.

ރާއްޖޭގެ ފަޚުރުވެރި 60 ވަނަ މިނިވަން ދުވަހާއި، ސްރީލަންކާއާއި ދިވެހި ރާއްޖޭގެ ޚާރިޖީ ގުޅުމަށްވެސް 60 އަހަރު ފުރުން ފާހަގަ ކުރުމަށް މިމަހުގެ 22 ވަނަ ދުވަހުގެރޭ ދިވެހި ހައިކޮމިޝަނުންވަނީ ރަސްމީ ހަފުލާއެއްވެސް ބާއްވާފައެވެ. މި ހަފުލާގައި ލަންކާގައި ގާއިމުވެ ތިއްބެވި އެކި ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ލަންކާ ސަރުކާރުގެ ބައެއް އިސްބޭފުޅުންނާއި ލަންކާގެ ބޮޑެތި ބައެއް ވިޔަފާރިވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!