މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓަރމިނަލް ތަރައްޤީކުރުމުގައި އެހީތެރިވެދެއްވި ބައިނަލްއަޤްވާމީ ފަރާތްތަކަށް ޝުކުރު އަދާކޮށްފިއެވެ.
އެމް.އޭ.ސީ.އެލްގެ ފަރާތުން ސޯޝަލްމީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ، “އަޅުގަނޑުމެން ދިވެހިން އެދުނު ކަންތައްތައް ޙަޤީޤަތަކަށް ހެދުމުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ރައްދުކުރަމެވެ،” ކަމަށެވެ.
މި މަޝްރޫޢުގައި އެންމެ މުހިންމު އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުގެ ތެރޭގައި:
- ސަޢޫދީ ފަންޑު ފޯރ ޑިވެލޮޕްމަންޓް
- ކުވެއިތު ފަންޑު
- އަބޫދާބީ ފަންޑު
- އޯޕެކް ފަންޑު ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް
އެމް.އޭ.ސީ.އެލްއިން އިތުރަށް ފާހަގަކޮށްފައިވަނީ މި އެހީތެރިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ތާރީޚުގައި ފޮހެނުލެވޭނެ ހަނދާނެއް ލިޔެވިގެން ދިޔަކަމަށެވެ. އަދި މިއީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ކުރިއެރުން ހޯދައިދިނުމަށް ލިބުނު އަގުނުކުރެވޭފަދަ އެހީތެރިކަމެއް ކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.

