ޚަބަރު
ގޭސް ކުންފުނީގެ ކުރީގެ އެމްޑީގެ މައްޗަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމެއް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރި، އަބްދުﷲ މައުމޫނުގެ މައްޗަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)އަށް ދެއްކުމަށް ހުކުމްކޮށްފިއެވެެ.

ސިވިލްކޯޓުން އަބްދުﷲ މައުމޫނުގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ، އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނަކަށް އެއްބަސްވުމުގައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާތީވެ، އެ ބޭންކުން ސިވިލްކޯޓަށް ހުށަހެޅި ދައުވާގައެވެ.

އެމްއައިބީން ސިވިލް ކޯޓުގައި އެދުނީއެ ބޭންކުން އޭނާއަށް ދޫކުރި 2،250،000 ރުފިޔާގެ ޑިމިނިޝިން މުޝާރަކާ ޕްރޮޕަޓީ ފައިނޭންސިން ފެސިލިޓީގެ ތެރެއިން ނުދައްކާ ހުރި 1،102،067 ރުފިޔާ އާއި ޗެރިޓީގެ ގޮތުގައި ދައްކަންޖެހޭ 7،498/29 ރުފިޔާ އަކީ ދައްކަންޖެހޭ ފައިސާކަން ކަނޑައަޅައިދިނުމަށެެވެ.

ކޯޓުން ކުރި އެ ހުކުމްގައި ބުނެފައިވަނީ  ފައިސާއަކީ އަބްދުﷲ މައުމޫނުގެ އެމްއައިބީއަށް ދައްކަންޖެހޭކަމަށް ސާބިތުވާކަމަށެވެ. އެގޮތުން ޖުލައިމަހުގެ 24 ވަނަ ދުވަހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ކޯޓުގެ ހުކުމްގައި ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!